ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސައިޓޯޓޮކްސިކް" ކުނި މެނޭޖުކުރާ މަރުކަޒެއް އައްޑޫގައި ގާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސައިޓޯޓޮކްސިކް" ކުނި މެނޭޖުކުރާ މަރުކަޒެއް އައްޑޫގައި ގާއިމުކުރަނީ

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 'ސައިޓޯޓޮކްސިކް' ކުނި މެނޭޖުކޮށް، ރައްކާތެރިކަމާއެކު ބަންދުކޮށްފައި ބަހައްޓާނެ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދުގައެވެ.

މި އެއްބަސްވުމާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ، މިއީ ސިއްހީ ދާއިރާގެ ކުނި ރައްކާތެރިކަމާއެކު މެނޭޖުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަރުކަޒު ގާއިމުކުރުމަކީ ސައިޓޯޓޮކްސިކް ކުނި ރައްކާތެރިކަމާއެކު ނައްތާލުމަށާއި ރައްކާކުރުމަށް ހާއްސަ، ޕްރޮފެޝަނަލް ނިޒާމެއް ގާއިމުވެގެންދާނެ ކަމެއް ކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މީގެއިތުރުން، މިއީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ މިފަދަ ކުނި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްކާތެރި ސިއްހީ ހިދުމަތަކާއި ދުޅަހެޔޮ ތިމާވެއްޓެއް ކަށަވަރުކުރުމަށް އެޅުނު މާނަވީ ފިޔަވަޅެއް ކަމަށްވެސް އޭއީއެޗުން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން