އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދޭ "އިންޖިނިއަރސް އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ އޮގަސްޓު މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު ޖުމްލަ 10 ގިންތިއަކުން ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޖިނިއަރ އޮފް ދަ އިޔަރ، ލައިފްޓައިމް އެޗިވްމަންޓް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ވިމެން އިން އިންޖިނިއަރިންގ އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް، ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު، އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު، ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު އަދި ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް އެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ 'އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު' ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ނަން ހުށަހެޅުމަށް ބޭނުންވާ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި އިޤުރާރު، މިނިސްޓްރީގެ ޚާއްޞަ ޕޯޓަލް (https://awards.infrastructure.gov.mv) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން