މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުގެ މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު 4 ވަނަ ޙާޞިލްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުގެ މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު 4 ވަނަ ޙާޞިލްކޮށްފި

މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން (އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު، މއ. އަސާސް.) ވަނީ 4 ވަނަ ޙާޞިލްކޮށްފައެވެ.

މީޑިއާ މި ވަނައިގެ އިނާމަކަށް 170000 (އެއްލައްކަ ހަތްދިހަ ހާސް ރިޔާލް) ކަނޑައެޅިފައި ވެއެވެ. މިއީ 46 އަހަރުވަންދެން ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. މިއީ 46 ވަނަ މުބާރާތެވެ. 133 ޤައުމުން މި ފަހަރު ބައިވެރިއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި އަންހެން ކުދިން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އަންހެން ކުދިންގެ ގޮތްޕެއް މި މުބާރާތުގައި ނޯވެއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރީ މިރޭ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ.

މީޑިއާ މީގެ އިތުރުން މިޖަލްސާގައި ސައުދީ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެލެއްވިއެވެ. މިޖަލްސާގައި ޚާއްޞަ މެހްމާނެއްގެ ޙައިސިއްޔަތުން ބައިވެރިވުމުގެ ޝަރަފް އަޅުގަނޑަަށް ލިބުނެވެ. ދިވެހިރާއްޖެ ތަމްސީލު ކުރި ބައިވެރިއަކަށް މި މުބާރާތުން ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަކެވެ. ސައޫދީ އިސްލާމިކް މިނިސްޓަރ ޑރ އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

- -މަޢުލޫމާތު: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން