ނަރަކައިގެބިރުވެރިކަމާޢަޛާބުގެ ގަދަފަދަކަމުގެ ވާހަކަ ޤުރްއާނުގެ އެތައް އާޔަތެއްގަ އެއޮތީކިޔައި ވިސްނައި ބިރުވެތިވާން! ބިރުވެތިވެވޭނީ އެވާހަކަތައް ދައްކައިގެން!އަޑުއަހައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ނަރަކައިގެބިރުވެރިކަމާޢަޛާބުގެ ގަދަފަދަކަމުގެ ވާހަކަ ޤުރްއާނުގެ އެތައް އާޔަތެއްގަ އެއޮތީކިޔައި ވިސްނައި ބިރުވެތިވާން! ބިރުވެތިވެވޭނީ އެވާހަކަތައް ދައްކައިގެން!އަޑުއަހައިގެން!


ނަރަކައިގެ ބިރުވެރިކަމާއި ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކަ ނުދައްކަން ބުނާ ބައަކު އުޅެއެވެ. އެއްގޮތަކަށް ވިސްނައިފިނަމަ އެމީހުންނަށް އެވެވެނީ މައްކާގެ މުޝްރިކުން ފަދަ ބައަކަށެވެ. ސަބަބަކީ އެފަދަ ވާހަކަތަކުގެ އަޑު އިވޭވަރަށް ދެކަންފަތުގައި އަތް އަޅައިގެން ތިބެ "ފުދިއްޖެއޭ! ފުދިއްޖެއޭ! ދެން އަވަހަށް ހުއްޓަވައިލައްވާށޭ" ގޮވަމުން ދުވެފިލީ މުޝްރިކުން ކަމަށްވާތީއެވެ.

"މީސްތަކުންނަށްއިންޒާރު ކުރެއްވުމަށާއި، އީމާން ވެއްޖެ މީސްތަކުންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އިސްކަމާއި، މަތިވެރި މަޤާމް ހުރިކަމުގެ އުފާވެރި ޚަބަރުދެއްވުމަށް، ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ފިރިހެނަކަށް، ވަޙީއިއްވެވިކަން މީސްތަކުންނަށް ޢަޖައިބް އަކަށްވީހެއްޔެވެ؟ ކާފިރުވި މީހުން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ (އެބަހީ: މުޙައްމަދުގެފާނީ) ފާޅުވެ ބަޔާންވެގެންވާ ޖާދޫގަރެކެވެ." (ޔޫނުސް: 2)

ޢަޒާބުގެ ވާހަކަބާރަށް ދައްކަން ޖެހެއެވެ. ޢުމުރާއި ގުޅޭ ގޮތުން ދަރިންނަށްވެސް ކިޔައިދޭން ޖެއެވެ. އެހެނީ މީސްތަކުން އެންމެ ބޮޑަށް ސަމާލުކަން ދޭނީ އެމީހަކަށް ގެއްލުންވާ ކަންކަމަށެވެ. ކުށްވެރިވެ ބޮޑެތި އަދަބުތައް ލިބޭނެ ކަންކަން ކުރުމަށެވެ. ދިގު މުއްދަތަކަށް ޖަލަށް ދާން ޖެހިދާނެ ކަންކަން ކުރުމަށެވެ.

ވީމާ ނަރަކައިގައިހުރި ގަދަފަދަ ޢަޒާބުގެ ވާހަކަ ނުދައްކައި ޤިޔާމަތް ދުވަހާއިމެދު ބިރުވެތިކުރުވުމަކީ ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެނޫން ގޮތަކަށް އެކަން ކުރެވޭނެ ނަމަ ރަސޫލް (ﷺ) އަކީ އިންޒާރު ދެއްވަވާ ބޭކަލަކު ކަމުގައި ﷲ ތަޢާލާ ނުލެއްވެވީހެވެ.

ހަމަ ބޮޑުތެދެކެވެ. ދައްކަން ޖެހޭނީ ހަމައެކަނި ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތަކެއް ނޫނެވެ. ސުވަރުގޭގައި ލިބެންހުރި މަތިވެރި ނިޢްމަތްތަކުގެ ވާހަކަތައްވެސް ދައްކަން ޖެހޭނެއެވެ. ރަސޫލް (ﷺ) ފޮނުއްވެވުނީ "އީމާން ވެއްޖެ މީސްތަކުންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އިސްކަމާއި، މަތިވެރި މަޤާމް ހުރިކަމުގެ އުފާވެރި ޚަބަރުދެއްވުމަށެވެ."

މިއާޔަތަށްބަލައިފިނަމަ ފުރަތަމަ އެވަނީ އިންޒާރު ދިނުމުގެ ވާހަކައެވެ. ވީމާ ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަ ނުދައްކައި މިކަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން