ދެމަފިރިން އެކަކު އަނެކަށްދޭ ދެރައާ ގެއްލުމަށްވެސް ޙިތްޙަލާލް ނުހޯދާނަމަ އެކަން އެމީހަކާ ކުރިމަތިލައި މާބޮޑު ހިތާމއެއް ކުރިމަތިކުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދެމަފިރިން އެކަކު އަނެކަށްދޭ ދެރައާ
ގެއްލުމަށްވެސް ޙިތްޙަލާލް ނުހޯދާނަމަ އެކަން އެމީހަކާ ކުރިމަތިލައި މާބޮޑު
ހިތާމއެއް ކުރިމަތިކުރުވާނެ!

 

ޒަވާޖީ ޙަޔާތުގެ ބައިވެރިޔާއަށް ކަމަށްވީނަމަވެސް އެހެން މީހަކަށް ކަމަށްވީނަމަވެސް އެއްވެސް މީހަކަށް ކުރާ އެއްވެސް އަނިޔާއަކީ އެކަމަކުން އެމީހަކަށް މާފުލިބިގަނެ، ހިތްޙަލާލުލު ހޯދަންނަންދެން މަރުވާ އެއްޗެއް ނޫނެވެ. ދިރިހުންނަ އެއްޗެކެވެ. އެ އަމަލުތައް އެމީހެއްގެ ވަށައިގެން އެނބުރޭނެއެވެ. ވިސްނަން ވެސް ނުއެނގޭ ފަދަ ގޮތަކަށް، ހީވެސް ނުކުރެވޭ ފަދަ ވަގުތަކު އެމީހަކު އަތުލައިގަންނާނެއެވެ. ވަރަށް ނިކަމެތި ގޮތުގައި އެމީހާ ޝިކާރަކޮށްލާނެއެވެ.

އެއްވެސް މީހަކާ އަޅައިގަނެގެން އުޅުމަކުން، މީހުންގެ ފަހަތުން ދުވުމަކުން އަދި މީހުންގެ ވާހަކަތައް ދައްކަމުން ހިނގުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ތިމާކުރާ އެފަދަ އަމަލުތައް އައިސް ބަރަންޏެއް ފަދައިން ތިމާގެ ގައިގައި އޮޅި ތިމާ ކަސްތޮޅު އަޅުވާނެއެވެ. 

އަހަރެން އެކަން ސިފަކުރާނީ ބިޔަ ހަރުފައެއް އައިސް ގައިގައި އޮޅާލައި އަދި ނޭވާވެސް ލިއަ ނުދޭ މަންޒަރެއްގެ ގޮތުގައެވެ. އެވަގުތު ނޭވާ ހާސްވެގެން ތެޅިގެންފައި އެމީހަކު މަރުވާ މިޘާލުގައެވެ. އެހައިވެސް ބިރުހުރި ކަމެއްގެ ގޮތުގައެވެ.  

މީހުންނާއި، މީހުން ކުރާ ކަންކަމާއި އަޅައިގަނެގެން އުޅުމަކީ ޖެހޭ ވަރަށް ނުބައި ބައްޔެކެވެ. ނެތިމޮށެ، ދެބައުޑުވާ މީހުންނަށް އެކަންކަން ކުރުން ހުއްޓާލައި ސަލާމަތް ނުވެވެނީ އެހެންވެގެންނެވެ! ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ، މިފަދަ އެންމެހައި ކަންކަން ކުރުމާއި ދުރުހެލިވާށެވެ! 

މީހަކު ނުބައިކަމެއް ކުރާކަން އެނގޭނަމަ ނަޞޭޙަތްދީ އެކަމަކުން އެމީހާ ސަލާމަތްކުރެވޭތޯ މަސައްކަތްކުރާށެވެ! ޤަބޫލުނުކުރި ނަމަ ﷲ ތަޢާލާއަށް ވަކީލުކޮށް އެކަން ދޫކޮށްލާށެވެ! އެމީހެއްގެ ފަހަތުން އަޅައިގަނެގެން ނުއުޅޭށެވެ! އެގޮތަށް އުޅުމުން ތިމާއަށް ފާފައެއް ކުރެވިދާނެ ކަމުގެ ބިރަށެވެ! ނަމަވެސް އެކަމަކީ މުޖުތަމައު އާއި ގުޅުންހުރި ކަމެއް ނަމަ އެކަން ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް އަންގަންވާނެއެވެ! މުޖުތަމައު ސަލާމަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ! 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން