ބައިވެރިއަކަށް އަޚްލާޤް ނުބައި މީހަކާ ގުޅެވިއްޖެނަމަ ނުލިބޭނެ ހިތްދަތިކަމެއްވެސް ނުޖެހޭނެ ޙާލެއްވެސް ނުއޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ބައިވެރިއަކަށް އަޚްލާޤް ނުބައި މީހަކާ ގުޅެވިއްޖެނަމަ ނުލިބޭނެ ހިތްދަތިކަމެއްވެސް ނުޖެހޭނެ ޙާލެއްވެސް ނުއޮންނާނެ!

އެމީހަކީ ކިތަންމެ ތަނަވަސް މީހެއް ނަމަވެސް ޚުލްޤް ނުބައި މީހަކާއި، އެއީ އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް ކައިވެނި ނުކުރާށެވެ! އެމީހާ ނުކުރާނެ ނުބައި ކަމެއް، ނުދޭނެ ގެއްލުމެއް ނުކުރާނެ އަނިޔާއެއް ނުއޮންނާނެއެވެ! ތެދުވެރިކަން ނުވެސް ދަންނާނެއެވެ! އޯގާތެރިވުމާ އެހެން މީހުންނަށް ރަޙުމްކުރުމާ އިޚްލާޞްތެރިކަމަކީ އެމީހުންގެ ބަސްފޮތުގައި އޮންނަވެސް ބަސްތަކެއް ނޫނެވެ.  

ކައިވެނި ކުރާއިރު ޚުލްޤް ރަނގަޅު ދީންވެރި، ތަޤްވާވެރިންނާއި ކުރަން ރަސޫލް (ﷺ) ޙަދިޘްފުޅު ކުރެއްވެވީ އެ ސަބަބުތަކަށްޓަކައެވެ. ރިވެތި ޚުލްޤް ނެތި ތަޤްވާވެރިވެސް ނުވެވޭނެތީއެވެ! ކައިވެންޏަށްފަހު ދިރިއުޅުން އާރާސްތުކުރަން ބޭނުންވާ އެއްވެސް ރަނގަޅު ސިފައެއް ޚުލްޤް ނުބައި މީހެއްގެ ކިބައަކު ނުހުންނާނެތީއެވެ.  

The Prophet of Allah Salallahu Alahi Wasalam has said,

“A lady is married for one of four reasons, wealth, rank, beauty or piety. Choose the possessor of piety and achieve success.” (Sahih Bukhari p.762 v.2) 

މި ޙަދިޘްފުޅުން އެނގިގެންދަނީ އުފާވެރިކަމާއި ކާމިޔާބުލިބުން އޮތީ ދީންވެރި ތަޤްވާވެރި މީހުންނާއި ކައިވެނިކުރުމުންނެވެ. މިޙަދީޘްފުޅުގައި އަނބިންގެ ވާހަކަ އޮތުމަކީ ފިރިން އިޚްތިޔާރުކުރުމުގައި މިޙަދީޘްފުޅަށް ޢަމަލުނުކުރަން އޮތް ސަބަބެއް ނޫނެވެ. ފިރިން އިޚްތިޔާރުކުރުމުގައިވެސް އޮތީ ހަމަ މިމަގުން ޢަމަލުކުރުމެވެ.  

މިފަދަ ޙަދީޘްފުޅުތައް އެނގިތިބެމެ އަދިވެސް ވަރަށް ގިނަ މީހުން ކައިވެނިކުރަނީ ބޭރުފުށަށް ބަލައިގެންނެވެ. ފައިސާގެ ތަނަވަސްކަމާއި ޢިއްޒަތަށް ބަލައިގެންނެވެ. ނަސަބާއި ހަސަބަށް ބަލައިގެންނެވެ. ޚުލްޤަށް ބަލަނީ މަދު މީހެކެވެ.  

މިއިން އެއްވެސް ކަމަކީ އުފާވެރި ކައިވެންޏަކަށް އެއްވެސް ވަރަކަށް މުހިންމު ކަމެއް ނޫނެވެ. މިފަދަ ހުރިހާ ކަންކަމަށްވުރެ ރިވެތި ޚުލްޤްގެ މުހިންމުކަން މާބޮޑެވެ.  

ކައިވެނީގެ ޚުޠުބާތަކުގައި އެންމެ ބޮޑަށް ބާރުއަޅަނީ ތެދުވެރިވުމަށާއި އޯގާތެރިވުމަށެވެ. އެކަކު އަނެކަކަށް އެހީތެރިވެ ރަޙްމް ކުރުމަށެވެ. ވަފާތެރިކަމާއި އިޚްލާޞްތެރި ކަމަށެވެ. ރިވެތި ޚުލްޤް ލިބިފައި ނުވާނަމަ މިއިން އެއްވެސް މަޤްޞަދެއް ޙާޞިލެއް ނުކުރެވޭނެއެވެ.  

ވީމާ ބޭރުފުށަށް ބަަލއިގެން ކައިވެނިކޮށްފައި އަނިޔާ އާއި ނިކަމެތިކަން ލިބެން ފެށުމުން ޝަކުވާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން