މިއީ ކޮންމެ ކަމަކަށް ދަތިވިޔަސް ކުރަން އޮތް ދުޢާއެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިއީ ކޮންމެ ކަމަކަށް ދަތިވިޔަސް ކުރަން އޮތް ދުޢާއެއް!: ބިލާލް އައްސަދު

އެކި މީހުންނަށް އުނދަގޫވާނީ އެކި ކަންކަމެވެ.

ކައިވެނިކުރުން، އިމްތިޙާނަކުން ފާސްވުން، ވަޒީފާއެއް ލިބުން މިހެން ގޮސް ވަރަށް ގިނަ ކަންތައްތައް ދަތިވާނެއެވެ. ދަތިވި ކަންތަކަށް ނުބަލާށެވެ! އެއީ ކޮންމެ ކަމެއް ނަމަވެސް އެކަމަށް ތިމާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށްފަހު މިދުޢާކުރާށެވެ! އެކަމެއް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

اللَّهُمَّ لَا سَهْلَ إِلَّا مَا جَعَلْتَهُ سَهْلًا، وَأَنْتَ تَجْعَلُ الْحَزْنَ إِذَا شِئْتَ سَهْلًا 

ދުޢާގައި އަހުރެމެން މިބަޔާންކުރަނީ ކޮންމެ ކަމެއްވެސް ފަސޭހަވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމެވެ. އަދި އިނބަ ﷲ އީ އަޅަމެންނަށް ދަތިވާ ކަންކަން ފަސޭހަކޮށްދެއްވަވާ ރަސްކަލާނގެކަމެވެ. އެކަމަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށް ކަމެވެ.

 

- ބިލާލް އައްސަދު

- މިއަދުނޫސް

މިއަދު އޮންލައިން