މިސިފަތައްހުރި އަނތބަކު ނުވަތަ ފިރިއަކު ލިބުނަސް އެއީ ދުނިޔޭގެ އެންމެ ބޮޑު ނަޞީބުވެރިންގެ ތެރޭގަ ހިމެނޭ މީހެއް! ނަމަނަމަ ވަކިނުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިސިފަތައްހުރި އަނތބަކު ނުވަތަ ފިރިއަކު ލިބުނަސް އެއީ ދުނިޔޭގެ އެންމެ ބޮޑު ނަޞީބުވެރިންގެ ތެރޭގަ ހިމެނޭ މީހެއް! ނަމަނަމަ ވަކިނުވާތި!

ގިނަ ބައަކަށް ކުރެވޭ ބޮޑު ކުށެއް ފާހަގަކޮށްލާނަމެވެ. އެއީ ތިމާއަށް ދެރަދިން މީހާއާއި އެއް ނާޅިން އެންމެން މިނެވޭ ކަމެވެ. އެންމެންވެސް ތިމާއާއިމެދު ކަންތައްކުރާނީ އެގޮތަށް ކަމަށް ޤަބޫލުކުރެވުމެވެ.  

މިޙާލަތަށް ދިއުމުން އިތުބާރުކުރެވޭ އެކަކުވެސް ނުހުރެއެވެ. އެންމެންނާއިމެދުވެސް ދެކެވެނީ އެއްގޮތަކަށެވެ. ނަތީޖާއަކަށްވަނީ ކިތަންމެ ހެޔޮލަފާ މީހަކު ތިމާއާއި ގުޅެން ބޭނުންވިޔަސް އޭނާގެ ރަނގަޅުކަން ޤަބޫލުނުކުރެވުމެވެ. އަދި ރުހި ޤަބޫލުވެގެން ކައިވެނިކުރެވުނަސް އެމީހަކާއިމެދު އަބަދުވެސް ޝައްކުގެ ނަޒަރުން ބެލުމެވެ.  

އެހެންވެ މިބުނަނީ ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީންކުރެވޭނެ ބައެއް ސިފަތަކެވެ.  

- ރުޅިއަންނަ ވަޤުތުތަކުގައިވެސް ތިބާއަށް އިޙްތިރާމްކުރާ،

- ދެބަސްވާ ވަޤުތުތަކުގައިވެސް ތިބާގެ ޢައިބުތައް ސިއްރުކުރާ،

- ދަތިޙާލެއްގައި ދިރިއުޅެންޖެހުނަސް ވަކިވެގެން ނުދާ،

- ރީތިކަމުގައިވެސް އެހެންކަމެއްގައިވެސް ތިބާއާއި އެހެންމީހުންނާއި ނުއަޅުވައި ތިބާގެ ސިފައަށް ޤަދަރުކުރާ،

- ކުށަށް އިޢްތިރާފްވާން ފަސްނުޖެހޭ،

- ތިބާގެ ހަމަޖެހުމާ ކުރިއެރުމަށް އެދޭ،

ތިބާގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ކިބައިގައި މިސިފަތައް ހުރިނަމަ އެއީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެކެވެ. އޭނާއަށް ކުށެއް ކުރެވުނަސް ނުބައި ބަހެއް ބުނެވުނަސް އެއީ ބޮޑުކަމަކަށް ނުހަދާށެވެ. ކުށެއް ނުކުރެވޭނެ އެކަކުވެސް ނުހުންނާނެތީއެވެ.

ވީމާ މިސިފަތައް ހުރި މީހަކު ތިބާގެ ޙަޔާތަށް ލިބިއްޖެނަމަ ކުރިމަތިވާ ކަންކަމަށް ކެތްތެރިވެލާށެވެ. ތިބާއަށް ދިރިއުޅުމުގެ އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހުންވެސް ލިބޭނެއެވެ. މިސިފަތައް ފެންނަންވީ ވަކިމީހެއްގެ ކިބައަކުން ނޫނެވެ. ދެމީހުންގެ ކިބައިންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން