މިއީވެސް ތިބާގެ އެކުވެރިން ދަރަޖަކޮށްލެވޭނެ ގޮތެކެވެ. ތިބާއަށް ހެޔޮގޮތެއް މެދުވެރިވީއެވެ. ބޭނުންވެގެންހުރި އެއްޗެއް ލިބުނީއެވެ. އެކަން އެނގުމުން ތިބާއަށް ހެޔޮއެދޭ އެކުވެރިން ފުރަތަމަވެސް އެކަމަށް އުފާކޮށް "މާޝާﷲ" ކިޔާނެއެވެ.
އެއިގެ ބަދަލުގައި ޙަސަދަވެރިން ޙައިރާންވާނެއެވެ. ބުނާނީ ތިބާގެ ނަޞީބު ރަނގަޅީކަމަށް ފަދަ ބަހެކެވެ. އެވަޤުތުންވެސް އެއެނގެނީ އޭނާއަށް އެނަޞީބު ނުލިބިގެން ޙަސަދަވެރިވާ ކަމެވެ.
މީގެއިތުރުން ތިބާއަށް އެކަން ޙާޞިލުކުރެވުނު ގޮތަކާއިމެދު ސުވާލުކުރާނެއެވެ. އެއްބައަކު އެސުވާލުކުރާނީ އެގޮތެއް ދަސްކޮށްގެން އެމީހަކުވެސް އެކަމަށް މަސައްކަތްކުރުމަށެވެ. އަނެއްބައަކު އެސުވާލުކުރާނީ ތިބާއަށް ކަންކަން ޙާޞިލުވާ މަގު އޮޅުންފިލުވައި އެކަމަށް ހުރަސްއެޅުމުގެ ބޭނުމުގައެވެ.
އެހެންކަމުން މިސުވާލުކުރާ މީހާ، މާޝާﷲ ނުކިޔައި ސުވާލުކޮށްފިނަމަ ޖަވާބުނުދޭށެވެ. ހެޔޮއެދޭ މީހުން އެސުވާލުކުރާނީ މާޝާ ﷲ ކިޔުމަށްފަހުގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން
- މިއަދުނޫސް