ވޭމަންޑޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ވޭމަންޑޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

އާރްޑީސީން ވިދާޅުވީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހޮޅިތައް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.

ވޭމަންޑޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ މައި 7 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެރަށުގެ މުހިންމު މުވައްސަސާތައް ހުންނަ މަގުތަކާއި، ރައްޔިތުން އާންމުކޮށް ބޭނުންކުރާ މަގުތަކެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 3.99 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރެވިގެންދާނެއެވެ.

ތ. ވޭމަންޑޫގެ މަގުހެދުމުގެ މި މަޝްރޫޢަކީ 86.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މިއަދު އޮންލައިން