ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ނިންމާ ކޮންމެ ނިންމުމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމާ ނިންމުންތަކެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ނިންމާ ކޮންމެ ނިންމުމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމާ ނިންމުންތަކެއް: ވަޒީރު

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ފަންނީ ދިރާސާތަކާއި ސާބިތު ހެކިތަކަށް ބަލައިގެން ނިންމާ ނިންމުންތަކެއް ކަމަށް ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ކަނޑައަޅާފައިވާ ފަސް އަހަރުގެ ޤައުމީ ކެމްޕެއިން "ދެން ހުއްޓާލަމާ" އާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުން ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސަރުކާރުން އިފްތިތާޙުކުރި މި ކެމްޕެއިނުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާނީ ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން އެކުލަވާލާ ޚާއްޞަ ޕްލޭނެއްގެ ދަށުންނެވެ.

ދުންފަތުގެ ވަބާއިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ޖެނެރޭޝަނަލް ބޭން ކަނޑައެޅުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ ސިޒޭޝަންގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން، ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މާލީ އެހީ ދިނުމަށާއި، މި ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ފަރާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްވެސް ވަނީ ނިންމާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ މި ޤައުމީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔުނިސެފް އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގެ އިތުރުން ކަމާގުޅޭ އެކި މުއައްސަސާތަކުގެ ފަންނީ ބޭފުޅުން ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން