މާލޭގެ މާފަންނުގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މާފަންނު ގެސްޓްހައުސެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:00 ހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވައި ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނައީމް އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.