ދަރިންނާ އެއް ޢުމުރުގެ ކުދިންނާ ކައިވެނިކޮށްފަ ދެރަ ލިބުނީމާ ކަންބޮޑުވަނީ ކީއްވެ؟ އެކުދިން ގުޅުނު ބޭނުން ކޮންމެ ގޮތަކުންނަމަވެސް ޙާޞިލުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރިންނާ އެއް ޢުމުރުގެ ކުދިންނާ ކައިވެނިކޮށްފަ ދެރަ ލިބުނީމާ ކަންބޮޑުވަނީ ކީއްވެ؟ އެކުދިން ގުޅުނު ބޭނުން ކޮންމެ ގޮތަކުންނަމަވެސް ޙާޞިލުކުރާނެ!

ޢުމުރުގެ ބޮޑު ތަފާތު ހުންނަ ގޮތަށް ކައިވެނިކުރުމުން (ތިމާއަށްވުރެ މާހަގު ކުދިންނާއި ކައިވެނިކުރުމުން) ތިބާއަކީ އަޅަކަށް ހެދުމާއި ބޮޑު ޚަރަދުކުރަން ޖައްސުވާތީ ކަންބޮޑުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އޭނާ އެ ލިބިގަންނަނީ އޭނާއަށް ލިބެން ބޭނުންވާ ޙައްޤެކެވެ.  

ތިބާގެ ދަރިއެއްހައި ހަގު ކުއްޖަކާއި ކައިވެނިކޮށްގެން އުޅެމުން އޭނާގެ ބޭނުންތައް ފުއްދައި ނުދެވުނީމާ މައްސަލަތައް ކުރިމަތިކުރުވާނެއެވެ. އީމާންކަން ނެތްނަމަ ބޭވަފާތެރިވެސްވާނެއެވެ. އެކަންކަން ކުރަމުންވެސް ޝަކުވާވެސް ކުރާނެއެވެ. އެޙާލަތު ކުރިމަތިކުރުވީމާ އަނބިމީހާގެ ޝަކުވާ ނުކުރާށެވެ! އޭނާ ކުށްވެރިވެސް ނުކުރާށެވެ! ކުށްވެރިއަކީ ތިބާއެވެ.  

ތިބާ ވިސްނީ ތިބާގެ ބޭނުންތަކަށް އެކަންޏެވެ. އެ ހަގުކުއްޖާގެ ބޭނުންތަކާއިމެދު ތިބާ ވިސްނައިވެސް ނުލަމުއެވެ. އެކަންކަމަށް ވިސްނާނަމަ ޢުމުރުގެ ތަފާތު އެހާބޮޑުކޮށް ކައިވެންޏެއް ނުކުރާނެއެވެ. އެއްދާން ކުރުމުގެ އިތުރަށް ދުނިޔެއިން އެކުދިން ބޭނުންވާ ކަންކަންވެސް ކޮށްނުދޭނަމަ އެކަމަށް އަދަބުދޭނެއެވެ.  

ހުރިހާވެސް މައްސަލައަކަށްވަނީ ނުވަތަ މައްސަލަތައް ކުރިމަތިވަނީ ހަމައެކަނި ތިމާގެ އަމިއްލަ އުފަލަށް ވިސްނައިގެން ކައިވެނިކުރާތީއެވެ. އެގޮތަށް ކުރާ ކައިވެނީގައި އުފާވެރިކަން ލިބޭނީ ވަރަށް މަދުފަހަރަކުއެވެ. އުފާވެރިކަން ލިބޭނީ ދެމީހުންގެ އުފާވެރިކަމަށް ވިސްނައިގެން ކައިވެނިކުރުމުންނެވެ.

މިބުނި ކަންކަން އެއީ ތެދުކަން އެނގޭ އެންމެ ބޮޑު ސަބަބަކީ ދުނިޔަވީ ބޮޑު މަންފާއަކަށްޓަކައި ނޫނީ ތިމާއަށްވުރެ އެހައި ބޮޑުތަން ދޮށި މީހުންނާއި ކައިވެނިނުކުރާތީއެވެ. ތިމާއަށްވުރެ ބޮޑުތަނުން ހަގުމީހުންނާއި ކައިވެނިކުރުން ގިނަވާތީއެވެ.  

- މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން އެހީތެރިވެދޭ ދުނިޔޭގެ ފެންވަރުގެ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ. 

މިއަދު އޮންލައިން