ރޭގަނޑު ހޭލެވުމުން ތެދުވެ ރޭއަޅުކަންކުރާނެ ހިތްވަރު ނެތްނަމަ އިޚްލާޞް ސޫރަތް ކިޔެވުންމަތީގައި އޮވެލުމަކީވެސް ފައިދާހުރި އަޅުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރޭގަނޑު ހޭލެވުމުން ތެދުވެ ރޭއަޅުކަންކުރާނެ ހިތްވަރު ނެތްނަމަ އިޚްލާޞް ސޫރަތް ކިޔެވުންމަތީގައި އޮވެލުމަކީވެސް ފައިދާހުރި އަޅުކަމެއް!

މިލިޔުން ޚާއްޞަކޮށް މިލަނީ ރޭގަނޑު ނިދީން ހޭލެވުމުންވެސް ދިމާވާ ގޮތަކުން ކަންނެތްވެ ރޭއަޅުކަން ނުކުރެވޭ މީހުންނަށެވެ. ޔަޤީނުންވެސް މިއީ ފައިދާހުރި އަޅުކަމެވެ.  

ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު ރޭގަނޑެއްގެ ހަތަރުދަން ހޭދަވަންދެން އިޚްލާޞް ސޫރަތް ކިޔަވާ ވިދާޅުވުމުން ކުރެއްވެވި ޙަދީޘްފުޅު-   

އެއްފަހަރަކު قتادة بن النعمان رضى اللّـه عنــه ރޭގަނޑެއްގެ ހަތަރުދަން ހޭދަވަންދެން އިޚްލާޞް ސޫރަތް ކިޔަވާ ވިދާޅުވިއެވެ. ހެނދުނުވުމުން އެކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން އެވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.

[ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ ބާރުފުޅުދަށުގައިވާ ފާރާތް ގަންދީ ވިދާޅުވެމެވެ. ޝައްކެއްނެތް ގޮތުގައި އެ ސޫރަތް ޤުރްއާނުގެ ތިންބައިކުޅަ އެއްބަޔާ ނުވަތަ ދެބައިކުޅަ އެއްބަޔާ އެއްވަރުވެގެންވެއެވެ.]

{މުސްނަދު އިމާމު އަޙްމަދު، ހަތަރުވަނަ ވޮލިޔުމް، ޞަފްޙާ 32، ޙަދީޘް ނަންބަރު 11115} 

- ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން