މިއީ ވަރަށް ކުރުކޮށް އެކަމަކު ބޭނުންވާ ހުރިހާ ކަމެއް ހިމެނޭ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިއީ ވަރަށް ކުރުކޮށް އެކަމަކު ބޭނުންވާ ހުރިހާ ކަމެއް ހިމެނޭ ދުޢާއެއް!

ދުޢާ ދިގުކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ބައެއް ޢިލްމްވެރިން ބުރަވެވަޑައިގަންނަވަނީ ކުރުކޮށް ދުޢާކުރުމަށެވެ. އެއީ ދުޢާއަށް ދެވޭ ސަމާލުކަން ބޮޑުވާނެތީއެވެ. އެހެންވެ ކުރާ ދުޢާ ދިގުކުރުމުން ދޭންޖެހޭ ސަމާލުކަން ކުޑަކުރެވޭނަމަ ކުރުކޮށް، ވަކިވަކިން ދުޢާކުރަން ބައެއް ޢިލްމްވެރިން ބުރަވެލައްވައެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކިއެކި ކަންކަމާއި ގުޅިގެން ﷲ ތަޢާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދިވަޑައިގެން ދަންނަވާފައިވާނެ ހުރިހާ ދުޢާތަކެއްގެ ދިގުމިން ނިކަން ޚިޔާލަށް ގެނެސް ބަލާށެވެ. ބަދުރު ހަނގުރާމައިގެ ކުރީރޭގައާއި ޠާއިފްގައި އަދި އެނޫންވެސް އެތައް ތަނެއްގައި ކުރެވެވި ދުޢާ ރޭ އަޅުކަމުގައާއި ނަމާދުތަކުގައި ކުރެއްވެވި ދުޢާތަކުގެ ދިގުމިން ނިކަން ހިތަށް އަރުވައިބަލާށެވެ! އަދި އެހެން ދުވަސްތަކުގައި ކުރެވެވި ދުޢާތައްވެސްމެއެވެ.  

އެހުރިހާ ދުޢާތަކެއް އެއްކޮށްލާފައި އެއްޖުމުލައިން ދުޢާކުރެވެން އޮތް މަގެއް ބުނެދެން ހެއްޔެވެ؟ މިފަދައިން ދުޢާކުރާށެވެ!  

"ޔާ ﷲ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އިނބަ ﷲ ގެ ޙަޟްރަތުން އެދިވަޑައިގެންނެވި އެންމެހައި ކަންކަން މިއަޅާއަށް މިންވަރުކުރައްވަވާނދޭވެ! އަދި އެކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެންނެވި ހުރިހާ ކަމަކުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ!" އާމީން  

މިމޭރުމުން ދުޢާކުރައްވަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަނބިކަނބަލުން ޢާއިޝަތުގެފާނަށް އުނގަންނަވައި ދެއްވަވައިފައެވެ.

 

- އިމާމް ޢުމަރު ސުލައިމާން

މިއަދު އޮންލައިން