ނަމާދުގެ މަޤާމުތަކުގައި ގުނަވަންތައް ޖައްސަންޖެހެނީ، އަދި ބަހައްޓަންވެސް ޖެހެނީ ސުންނަތުން ފެންނަން އޮތް ގޮތަށެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދޭ ބައަކު އެބައުޅެއެވެ. ސަމާލުކަން ނުދެވެނީ ނުއެނގޭތީކަމަށްވެސް ވެދާނެއެވެ.
އަހުރެން ބުނާނީ ނަމާދުގައި ކިޔާތަކެތި ދަސްކުރާފަދައިން ނަމާދުގައި ކުރަންޖެހޭ ޙަރަކާތްތައްވެސް ދަސްކުރަންޖެހޭނެ ކަމަށެވެ. ގުނަވަންތައް ޖައްސަންޖެހޭ ގޮތާއި ގުނަވަންތައް ބަހައްޓަންޖެހޭ ގޮތްވެސް ދަސްކުރަްނޖެހޭނެ ކަމަށެވެ.
ގިނަ ބައެއްގެ ނަމާދުން ބޮޑުބައެއް އުނިވެގެންދާ އަދި ޘަވާބު އެކުގައި ގެއްލިގެންދާ ކަންކަމުގެ ތެރޭގައި:
- ހިތް ނަމާދުގައި ނުބޭއްވޭކަން،
- އަވަސްއަރުވާލައިގެން ނަމާދުކުރެވޡޭކަން،
- ވިސްނުން ނަމާދާއި ދުރުކުރެވޭކަން،
- ޚުޝޫޢަތްތެރިވާން މަސައްކަތްނުކުރެވުން،
- އެހެން މީހުންނަށް ދައްކަން ނަމާދުކުރުން،
ހިމެނެއެވެ. މިކަންކަމަށް ސަމާލުކަންދޭށެވެ. ނަމާދުކުރަން އަންގަވާފައި އޮތީ ވީހާ ބޮޑަށް ސަމާލުކަންދީގެންނެވެ. ކިޔާ ތަކެއްޗަށާއި ކުރެވޭ ޙަރަކާތްތަކަށް ވިސްނައިގެންނެވެ. ސަމާލުކަންދީގެންނެވެ. ނަމާދުކުރުމުން ލިބެންވާ ފުރިހަމަ ފައިދާ ލިބޭނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން
- މިއަދުނޫސް