ލޯބިވާންވެސް ޞާލިޙް މީހުން އިޚްތިޔާރުކުރަންޖެހޭ ސަބަބަށް ނުވިސްނައިފަ ދެމަފިރިން އެކުގަ ސުވަރުގެ ވަނުމަށް އުންމީދުކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ލޯބިވާންވެސް ޞާލިޙް މީހުން އިޚްތިޔާރުކުރަންޖެހޭ ސަބަބަށް ނުވިސްނައިފަ ދެމަފިރިން އެކުގަ ސުވަރުގެ ވަނުމަށް އުންމީދުކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟

ސުވަރުގެ ވަންނަން ބޭނުންވެއެވެ. އެކަމަށް މަސައްކަތެއް ނުކުރެއެވެ. ބައިވެރިޔާއާއިއެކު ސުވަރުގޭގައިވުމަށް އެދެއެވެ. ކައިވެނިކުރަނީ ޞާލިޙް އަޅުންނަކާނޫނެވެ. ލޯބިވާ މީހުންނާއިއެވެ. ލޯބިވާ މީހަކީ ޞާލިޙް އަޅަކަށްނުވެ އާނާއާއިއެކު ސުވަރުގޭގައި ވެވޭނީ ކިހިނަކުންހެއްޔެވެ؟

"(އެއީ) ޢަދްނޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙުވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ."

(އައް ރަޢްދް: 23)

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ މަރުވުމުން ތިމާ ދުނިޔޭގައި އެންމެ ލޯބިވީ މީހަކާއިއެކުގައި ސުވަރުގޭގައި ވުމެވެ. އަދި އެއީ ލިބެން އޮތް ނިޢްމަތެއްކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ!  

ނަމަވެސް އެ ނިޢްމަތް ޙާޞިލުކުރެވޭނީ ހެޔޮ ލަފާ ޞާލިޙް މީހުން ދެކެ ލޯބިވެގެންނެވެ. އެހެނީ ﷲ ތަޢާލާ ސުވަރުގެ ވައްދަވާނީ ހެޔޮލަފާ ޞާލިޙް އަޅުންނެވެ. ތިމާ އެންމެ ބޮޑަށް ލޯބިވީ އެފަދަ މީހަކު ކަމުގައި ނުވެއްޖެ ނަމަ ޤިޔާމަތް ދުވަހުން އެ ނިޢްމަތެއް ނުލިބޭނެތެވެ! ނުބައިނުލަފާ މީހުންނާއިއެކުގަ އުޅުނު މީހުން މަޙްޝަރުކުރައްވަވާނީ އެފަދަ މީހުންނާއިއެކުގައެވެ.  

ވީމާ ދުނިޔޭގައި މީހުން ދެކެ ލޯބިވާއިރު، ޙަޔާތުގެ ބައިވެރިން އިޚްތިޔާރުކުރާއިރުވެސް، އެމީހަކާއިއެކު ސުވަރުގޭގައި ވުމަށް އެދޭ މީހާ މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ!  

ހަމަ އެޢާއިއެކު ﷲ ތައާލާ އާއި ރަސޫލް (ﷺ) ދެކެ ވެސް ލޯބިވާން އެބަޖެހެއެވެ. ޤިޔާމަތް ދުވަހު ރަސޫލް (ﷺ)ގެ އަރިއަހުގައި ސުވަރުގޭގައި ވެވޭނީ އެއިރުންނެވެ. އެކަން މިބަޔާންކުރާ ޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  

S’ahaabee: When will the Hour (Day of Judgment) be?

Prophet ﷺ : What have you prepared for it?

S’haabee: Nothing except that I love Allah and His Apostle (Rasool (SAW)

Prophet ﷺ: You will be with those whom you love Companions had never been so glad as they were on hearing that saying

Bukhari 3688 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/2240/will-husband-and-wife-be-together-in-jannah

 

 

 

 

މިއަދު އޮންލައިން