ކިންގް ޢަބްދުލްޢަޒީޒު ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން ކާމިޔާބީއާއެކު އެނބުރި ރާއްޖެ އަތުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިންގް ޢަބްދުލްޢަޒީޒު ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން ކާމިޔާބީއާއެކު އެނބުރި ރާއްޖެ އަތުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި "46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިން ކާމިޔާބީއާއެކު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ޤުރުއާން ކިޔެވުމުގެ މުބާރާތް ކަމަށްވާ ކިންގް ޢަބްދުލްޢަޒީޒު މުބާރާތުގެ މިއަހަރުގެ އެޑިޝަނުގައި 133 ޤައުމަކުން ގިނަ އަދަދެއްގެ ބައިވެރިން ވާދަކޮށްފައިވެއެވެ. މިއަހަރުގެ މުބާރާތަކީ ތާރީޚުގައި ވެސް މުޅިން އަލަށް އަންހެން ބައިވެރިންނަށް ފުރުޞަތު ހުޅުވާލައިގެން، އަންހެން ކުދިންގެ ގޮތްޕެއް ހިމަނައިގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.

d

މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް 4 ބައިވެރިން ވާދަކުރިއިރު، މުޅި ޤައުމަށް ރީތި ނަން ހޯދައިދެމުން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ވަނީ އެ ގޮފިން މުޅި ދުނިޔެއިން 4 ވަނަ ހާސިލްކޮށްފައެވެ. މުބާރާތުގެ 4 ވަނައަށް ހޮވުނު ޝާޔާއަށް އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސަޢޫދީ ރިޔާލު ވަނީ ލިބިފައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މައްކާގެ މާތްވެގެންވާ މަސްޖިދުލް ޙަރަމްގައެވެ.

މިއީ ބައިނަލްއަޤްވާމީ މިފަދަ ބޮޑު މުބާރާތެއްގައި ދިވެހި ދަރިވަރަކު މިހާ ފަޚުރުވެރި ކާމިޔާބީއެއް ހޯދި ތާރީޚީ ފަހަރެކެވެ. ރާއްޖެއަށް ރީތި ނަން ހޯދައިދިން ދިވެހި ޓީމު އެނބުރި އައުމުން ގިނަ ބައެއްގެ މަރުޙަބާއާއި ތަޢުރީފު އެ ބައިވެރިންނަށް ދަނީ ލިބެމުންނެވެ.

މިއަދު އޮންލައިން