ކުރާ އެއްވެސް ކަމަކުން ބަނޑުނުހިދޭނަމަ ނިކަން މިބުއިން ތަޖުރިބާކޮށްލަބަލަ!

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ކުރާ އެއްވެސް ކަމަކުން ބަނޑުނުހިދޭނަމަ ނިކަން މިބުއިން ތަޖުރިބާކޮށްލަބަލަ!

- ސިއުޒާ

 

ބަނޑު ހިންދަން ބޭނުންވެގެން ބައެއް މީހުން ލުނބޯ ފެން ބޭނުންކުރެއެވެ. ނަމަވެސް ސަރުބީތައް ވަރުގަދަނަމަ ލުނބޯ ފެނުން އެކަނި ނުފުދިދާނެއެވެ. ބަނޑުގައި ސަރުބީ ޖަހައި ހަރުލަނީ ކާތަކެތި ޙަޖަމްކުރުމަށް މައްސަލަތައް ކުރިމަތިވާތީއެވެ. އެތެރެވާ ސަރުބީތައް ވިރުވައި ބޭރުކޮށްނުދޭތީއެވެ.

މިބުނެދެނީ އެޙާލަތަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.  

ބޭނުންވާތަކެތި:

ތާފަނާ ފެން

ކޮށި އިނގުރުކޮޅެއް

މުގުރި ކާޔަން ޕެޕަރކޮޅެއް (ކެޕްސިކަމްގެ ބާވަތެއް)

ލުބޮއެއްގެ ހުތް 

ހުރިހާ ބާވަތެއް އެއްކޮށް ރަނގަޅަށް ގިރައިލުމަށްފަހު ހުސްބަނޑާހުރެ ތަށްޓެއް ބޯށެވެ. އިނގުރުގެ ސަބަބުން ދުޅަތައް ތިރިކޮށްދޭނެއެވެ. ކާޔަން ޕެޕަރގެ ސަބަބުން މަސައްކަތްހުޓާލާފައިވާ މެޓަބޮލިޒަމްގެ ބައި ހޭލައްވުވާނެއެވެ. އެއިރުން ސަރުބީތައް ވިރުވައި ބޭރުކޮށްދޭން ފަށާނެއެވެ. އެއިރުން ބަނޑުދާނީ ހިނދެމުންނެވެ.  

މިއީ ޓިބެޓްގައި ބަނޑުހިނދަން ގިނަ ބައަކު ބޭނުންކުރާ، ނަތީޖާ ފެންނަ ބުއިމެކެވެ.

 

-- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން