ފައި ދުޅަވުމާ އައްސިވުން ފަދަ ކަންކަން މެދުވެރިވާނަމަ ފަސޭހައިން ހޯދިދާނެ ފަރުވާއެއް

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ފައި ދުޅަވުމާ އައްސިވުން ފަދަ ކަންކަން މެދުވެރިވާނަމަ ފަސޭހައިން ހޯދިދާނެ ފަރުވާއެއް

- ސިއުޒާ

 

ފައި ދުޅަވުމާ އައްސިވުމަކީ ގިނަ ބައަކަށް ކުރިމަތިވާ މައްސަލައެކެވެ. މިކަމަށް ވަރަށް ފަސޭހައިން ހޯދިދާނެ ފަރުވާއެއް ބުނެދެން ހެއްޔެވެ؟

ދެފައިތިލަ ލެވޭވަރުގެ ތަށްޓަކަށް 2 ސަމުސާ މުނގުރާފައި ހުރި އިނގުރު އަޅައިލާށެވެ. އެއިގެ ތެރެއަށް ރަނގަޅު ކުޑަ ލޮނުކޮޅަކާ އެޕްލްސިޑަރ ވިނެގާރ ފޮދެއް އެއްކޮށްލާށެވެ. ދެން ދެފައިތިލަ އެއިގެ ތެރެއަށްލައި 15 ، 20 ވަރަކަށް މިނިޓް ވަންދެން ދެފައިތިލަ އުނގުޅައި (ފައިތިލައިން) އުނގުޅާށެވެ.  

އެއިރުން އެއިނގުރުގެ ސަބަބުން ފައިގެ ނާރުތަކުގައި ލޭ ދައުރުކުރަން މަގުފަހިކޮދޭނެއެވެ. ލޭދައުރުކުރަން ފެށުމުން ދުޅަ ތިރިވެ ދެން ހުރި އުނދަގޫތައްވެސް ކެނޑިގެންދާނެއެވެ.  

މިއީ ގިނަ ބައަކު ތަޖުރިބާކޮށްފައިދާ ފައިދާހުރި ފަރުވާއެކެވެ.

 

--މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން