ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް މިގޮތަށް ކަންކަންކޮށްފިނަމަ އުފާވެރިކަން ނުލިބި ނުދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް މިގޮތަށް ކަންކަންކޮށްފިނަމަ އުފާވެރިކަން ނުލިބި ނުދާނެ! އިން ޝާ ﷲ

ގިނަ ބައަކަށް ގިނަ ފަހަރު ކަންކަން ކުރެވޭ ގޮތަކީ ހިތްދަތިވުމުން ވަދެވެނީ ކޮޓަރިއަށެވެ! ނުވަތަ އެކަހެރިވެވެނީއެވެ. ރޮވެނީއެވެ. އެނދުގައި ނަމަ ކަރުނައަޅައި ބާލީސް ފޯކޮށްލެވެނީއެވެ. ނޫންނަމަ މޭމަތި ފޯވަންދެން ކަރުނަ އޮއްސެނީއެވެ. އެއިގެ ބަދަލުގައި ނިކަން މިފަދައިން ކަންތައް ކޮށްބަލާށެވެ! 

ފުރަތަމަވެސް ވުޟޫކޮށްލާށެވެ! މުސައްލައަށް ދާށެވެ! ހިތްވަރުން ނަމަވެސް 2 ރަކްއަތް ނަމާދެއް ކޮށްލާށެވެ! ލަދުގަތުމުގެ އެއްވެސް ބޭނުމެއް ނެތެވެ! އެނދުގައި އޮވެ ރުއިތަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ވީމާ ހިތުގައި ހުރި ހުރިހާ ޝަކުވާތަކެއް ބޭރުކޮށްލާށެވެ!  

އެއަށްފަހު ނޭވާ ކުޑަކޮށް ހިފަހައްޓައިލަމުން ދެއަތް އުފުލައި މިފަދައިން ދުޢާކުރާށެވެ!  

"ޔާ ﷲ! މިއަޅާގެ ހިތުގައި އަޅާ ވޭންތައް ހިތުން ބޭރުކޮށްލަ ދެއްވެވޭނީ ހަމައެކަނި އިނބަ ﷲ އަށެވެ! މި ވޭންތަކުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ!"  

މިކުރު ދުޢާކޮށްލުމަށްފަހު ހަމަޖެހިލައިގެން ފުންކޮށް ނޭވާއެއްލާށެވެ! ތިބާގެ ހިތަށް ހަމަޖެހުން ލިބުނުކަން ވަގުތުން ވެސް އިޙްޞާޞް ކުރެވޭނެއެވެ! އިން ޝާ ﷲ 

އެހެނީ ﷲ ތަޢާލާއަށް ވަކީލް ކުރުމަކީ ކުރިމަތިވާންހުރި މުޞީބާތްތަކުން ވެސް ސަލާމަތްކޮށްދެއްވަވާނެ ކަމެކެވެ. ވަކީލްކުރާ އަޅުންގެތެރެއިން ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގަ ވަކީލްކުރާއަޅަކު މަޔޫސްވާން ދޫކޮށްނުލައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން