ނިދުމަކީވެސް މަރުވުމެއް! މިއީ ނިދުމުގެ ކުރިން ކުރަން ވަރަށް ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ނިދުމަކީވެސް މަރުވުމެއް! މިއީ ނިދުމުގެ ކުރިން ކުރަން ވަރަށް ފައިދާހުރި ދުޢާއެއް!

ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކުރުތަކާއި ދުޢާތައް ސުންނަތުން އެނގެންހުރި ނަމަވެސް ސަމާލުކަންދެނީ މަދުމީހެކެވެ. ގިނަ ބައަކަށް ވިސްނެނީ އެއީ ކުޑަކުދިން ނިންދަވާއިރު ކުރަން އޮތް ކަމެއް ކަމަށެވެ. އެހެންވެ ދަރިން ނިންދަވާއިރު އެކަންކަން ކޮށްފައި ތިމާ ނިދަންވުމުން އެކަންނުކުރާ މީހުން ވަރަށް ގިނައެވެ. މިއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ.  

މިއަދު ގިނައީ ބޭނުންހައި އިރެއްވަންދެން ހޭލައި އުޅެ ބޭނުންވަރަކަށް އުފާކޮށް މަޖާކޮށްފަ ނިދާ މީހުންނެވެ! އެފަދަ މީހުންނަށް ކޮށްލަން އޮތް ސުވާލަކީ ނިދުމަށްފަހު ދެން ހޭލެވުނީ މަރުވެ ވަޅުލެވި ކައްވަޅުގައިކަމަށްވެއްޖެނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ އަދި ހާލެވޭ ވަޤުތަކީ މަރުގެ މަލާއިކަތާ ލޮލަށް ފެންނަ ވަޤުތުކަމަށްވެއްޖެނަމަވެސް ޙާލަކީ ކޮބައިހެއްޔެވެ؟

ނިދުމަކީ ވެސް މަރުވުމެކެވެ. ވިސްނާ ބައަކަށް އިންޛާރެކެވެ. ތައުބާގެ މަތީގައި މެނުވީ ނުނިދަމާތޯއެވެ! ފަހަރުގައި ނިދުމަށްފަހު ދެން ހޭލެވޭނީ ކޮން ޙާލަތެއްގައި ކަމެއް ނުއެނގޭނެއެވެ.  

اللَّهُمَّ إِنَّكَ خَلَقْتَ نَفْسِي وَأَنْتَ تَوَفَّاهَا، لَكَ مَمَاتُهَا وَمَحْياهَا، إِنْ أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فَاغْفِرْ لَهَا. اللَّهُمَّ إِنِّي أَسْأَلُكَ العَافِيَةَ 

މާނައީ: "ހައްދަވާ ގެންގުޅުއްވަވާ އިލާހް އެވެ! މިއަޅާގެ ނަފްސް އުފެއްދެވީ އިނބަ ﷲ އެވެ. މިއަޅާގެ ފުރާނަ ގެންދަވާނީވެސް އިނބަ ﷲ އެވެ. މިއަޅާގެ ދިރުމާ މިއަޅާގެ ދިރިހުރުން ވަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ. މިއަޅާއަށް ދިރުން ދެއްވަވައިފިކަމުގައިވަނީނަމަ މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ. މިއަޅާގެ މަރު ގެންދަވައިފި ކަމުގައިވަނީނަމަ މިއަޅާގެ ފާފަ ފުއްސަވައިދެއްވަވައިފާނދޭވެ! ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ގެ ފުއްސެވުމަށް އެދި މިއަޅާ ދަންނަވަމެވެ."

Reference:Muslim 4/2083 and Ahmad 2/79.

اللَّهُمَّ إِنَّكَ خَلَقْتَ نَفْسِي وَأَنْتَ تَوَفَّاهَا، لَكَ مَمَاتُهَا وَمَحْياهَا، إِنْ أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فَاغْفِرْ لَهَا. اللَّهُمَّ إِنِّي أَسْأَلُكَ العَافِيَةَ

Reference

 : Hisn al-Muslim 103   

އައްޒުމަރު ސޫރަތުގެ 42 ވަނަ ޢާޔަތުގައި ވަނީ މިފަދައިންނެވެ!  

"ނަފްސްތައް މަރުވާހިނދު، އެ ނަފްސްތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲ އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބައަކަށް ހެކިތަކެއްވާކަން ކަށަވަރެވެ." (އައްޒުމަރް: 42). 

ބިރެއް، އިމެއް ނެތި މަޖާކޮށްލާފައި ނިދާ މީހުންނޭވެ! ބިރުވެތިވާށެވެ! ފާފައެއް ކުރެވުނު ނަމަވެސް ތައުބާވާށެވެ! ތައުބާ ނުވެ ނުނިދާށެވެ! ނިދީން ނުހޭލެވި އޮއްވާ ފުރާނަ ހިއްޕަވައިފިނަމަ ތިމާގެ ޙާލާއިމެދު ވިސްނައިލާށެވެ! 

- މަޢްލޫމާތު: ޝައިޚް އިލްޔާސް ޖަމާލް

ދުޢާގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް   

 

މިއަދު އޮންލައިން