ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ފަށަނީ

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ ހުޅުމާލެ ގްރޭންޑް މަސްޖިދު ގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަން ހާމަކުރައްވައިފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތަކީ އިސްލާމީ ފަންނުވެރިކަމާއި ރާއްޖޭގެ މުއްސަނދި އިސްލާމީ ތާރީޚާއި ޙަޟާރަތް ރަމްޒުކޮށްދޭނެ މުހިންމު ބިނާއެއް ކަމަށެވެ. އަދި މިއީ އީމާންތެރިކަމާއި، ޢިލްމާއި، އެއްބައިވަންތަކަން އަދި މުޖުތަމަޢުގެ މަރުކަޒެއްގެ ގޮތުގައި ވެގެންދާނެ ތަނެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މި މިސްކިތުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކަމަށެވެ.

މިއީ ވޭތުވެދިޔަ ނުވަ ޤަރުނުގެ އީމާންތެރިކަމާއި، ޢިލްމާއި، ޚިދުމަތުގެ ދެމިގެންވާ ތަރިކައެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން