މިއީ ދަރިންނަށްޓަކައި ގިންގިނައިން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މިއީ ދަރިންނަށްޓަކައި ގިންގިނައިން ކުރަން އޮތް ދުޢާއެއް!

މައިންބަފައިންނަށް ކުރެވޭނެ ކަމަކީ ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެކަން ކުރެވިއްޖެނަމަ މައިންބަފައިންނަށް އެވަނީ އެމީހުންނާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު އަދާކުރެވިފައެވެ. ބޮޑުވެ އަމިއްލަ އިޚްތިޔާރުގައި ދަރިން ނިންމާ ނިންމުންތަކުގެ ޒިންމާ އުފުލަން ޖެހޭނީ ދަރިންނެވެ.  

އެވަރަކުން ފުއްދައިލެވޭކަށް ނެތެވެ. ދަރިންނަށްޓަކައި ހެޔޮދުޢާކުރުން ހުއްޓައިލުމެއް ނެތެވެ. އެއީ އަބަދުވެސް މައިންބަފައިން ކުރަންޖެހޭނެ ކަމެކެވެ.  

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ 

"އިބްރާހީމްގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، އަމާން ވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!" (އިބްރާހީމް: 35)  

رَبِّ اجْعَلْ هَٰذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ 

މިއާޔަތުގެ ތަފްސީރަށް ބަލާއިރު މިއާޔަތުގައި ބުދަށް އަޅުކަންކުރުމުގެ ވާހަކަ އޮތް އޮތުމަކީ އެއިރު މުޝްރިކުން އަޅުަކްންކުރަނީ ބުދުތަކަށް ކަމަށްވުމުން އޮތްގޮތެވެ. ނަމަވެސް މިދުޢާގައި އެވަނީ  ﷲ ތަޢާލާ ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ނުވަތަ ތަކެއްޗަށް އަޅުކަންކުރުމުގެ ވާހަކައެވެ. . އެއިގެ ތެރޭގައި ހިންދޫންގެ ދީންތަކާއި ޔަހޫދީންގެ ދީނާއި ކްރިއަސްޓިއަން ދީންވެސް ޝާމިލުވާ ކަމަށެވެ.

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން