ފިރިހެނުންގެ ހިތް މިސްކިތާ އަދި އަންހެނުންގެ ހިތް މުސައްލައާ ގުޅުވައިލާށެވެ! ޢަރުޝީގެ ހިޔާވަހިކަމަށް އުންމީދުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ފިރިހެނުންގެ ހިތް މިސްކިތާ އަދި އަންހެނުންގެ ހިތް މުސައްލައާ ގުޅުވައިލާށެވެ! ޢަރުޝީގެ ހިޔާވަހިކަމަށް އުންމީދުކުރާށެވެ!

އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާނަމަ ދެއްވަވާ މަތިވެރި ނިޢުމަތް އެނގޭހެއްޔެވެ؟ 

"ޤިޔާމަތް ދުވަހުގައި ﷲގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާއަށް ޢަރްޝީގެ ހިޔާވަހިކަން ލިބޭނެ ކަމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.  

ހިތް މިސްކިތާއި ގުޅުމުން ގިނަގިނައިން މިސްކިތަށްދާން ބޭނުންވާނެއެވެ. މިސްކިތުގައި ގިނަ ވަޤުތު ހޭދަކުރަން ބޭނުންވާނެއެވެ. މިސްކިތަށް ޚިދުމަތްކުރަން ބޭނުންވާނެއެވެ.  

ލޮބުވެތި ކަނބަލުންގެ ހިތް ގުޅުވާލަންވީ މުސައްލައާއިއެވެ. މުސައްލައާއި ގުޅުވައިލަންވީ ނަމާދުކުރުމަށެވެ. އެހެން އަޅުކަން ކޮންމެ ތަނެއްގައި އިނދެގެންވެސް ކޮޅަށް ހުރެގެންވެސް ކުރަންވީއެވެ. މުހިންމީ އަޅުކަންކުރުމާއި ގުޅިގެން ހުރުމެވެ.   

މިކަންކަން ޙާޞިލުކުރެވޭނީ ފުރަތަމަ ކަމަކަށްވެސް އެމީހެއްގެ ހިތުގައި އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ލޯބިއުފެދިގެންނެވެ. އަޅުކަންކުރުމަށް ލޯބިއުފެދިގެންނެވެ. ނަމާދުތަކަށް ރައްކައުތެރިވާ މީހަކަށްވެވިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން