ﷲ ތަޢާލާ އިންށާނުން އުފައްދަވަނީ ދެގޮތަކަށެވެ. ނުވަތަ ދެބާވަތަކަށެވެ. އެއީ އަންހެނުންނާއި ފިރިހެނުންނެވެ. ދެބައިމީހުންގެ ހަށިގަނޑު އުފައްދަވަނީ ތަފާތުކޮށެވެ. މާނައަކީ އެއްގޮތް ކަންތައްތަކެއް ހުރިނަމަވެސް ހަށިގަނޑުގައި ބޮޑެތި ތަފާތުތަކެއް ވަނީ ލައްވަވައިފައެވެ.
މިޒަމާނުގައި ސައިންސްގެ ގޮތުން ކުރިއެރީމާ ބޮޑެތި އޮޕަރޭޝަންތައް ކޮށްގެން އަންހެނުން ފިރިހެނުންނަށް އަދި ފިރިހެނުންނަށް އެބަ ބަދަލުވެއެވެ. ނަމަވެސް އެއީވެސް ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އެއްވެސް ނަތީޖާއެއް ނެރެވޭ ކަމެއްވެސް ނޫނެވެ.
އެމީހުންނަށް ކުރެވޭ ހަމައެކަނި ކަމަކީ ޖިންސީ ގުނަވަން ބަދަލުކުރުމެވެ. ހެއްކަކީ ފިރިހެނަކު އަންހެނަކަށްބަދަލުވާން ގުނަވަން ބަދަލުކުރިނަމަވެސް އޭނާ ޙައިޟްނުވާކަމެވެ. އޭނާއަށް ބަލިވެވެސް ނުއިނދެވޭ ކަމެވެ. އަދި އަންހެނަކު ފިރިހެނަކަށް ބަދުލިނަމަވެސް ފިރިހެނުންގެ ކިބައިގައި ﷲ ތަޢާލާ ލައްވަވާފައިވާ ކަންކަން ލިބިއެއްނުގަނެވެއެވެ. ފިރިހެނުންގެ ގައިގައި ހުންނަވަރުގެ ބާރެއްވެސް ނުހުރެއެވެ. އެބާރު ﷲ ތަޢާލާ ދެއްވަވާ އަޅަކަށް މެނުވީއެވެ.
ﷲ ތަޢާލާ ޢިލްމް ދެއްވަވަނީ ވިސްނުމުގެ ބޭނުންކޮށް ތެދުމަގު ލިބިގަނެ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަށެވެ. ﷲ ތަޢާލާ ނިންމެވުންތަކަށް ބޯލަނބައި ކިޔަމަންތެރިވުމަށެވެ. އާޚިރަތް ލިބިގަނެވޭނީ އެއިރުންނެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭނީ ހަމައެކަނި އެކަމުންނެވެ. އެހެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތީ ކިޔަމަންތެރިކަން އަދާކުރެވުނުވަރަކުން ކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން