ކައިވެނި ސަލާމަތްކޮށް އުފަލުގައި ދެމެހެއްޓޭނެ ސަބަބުތައް ހޯދަން 12،000 އަންހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން އެނގިފައިވާ އެއްކަމަކީ އަނބިމީހާއަށް މީރުކޮށް ކައްކަން އެނގުމެވެ.
އަނބިމީހާއަށް މީރުކޮށް ތަފާތު ގިނަ ބާވަތްތަކުގެ ކައްކަން އެނގޭނަމަ ފިރިމީހާ ބޭރުންކާން ބޭނުމެއް ނުވެއެވެ. އަދި ތަފާތު ބާވަތްތައް ކޮންމެ ދުވަހަކު ކާންލިބޭތީ އެއްބާވަތެއް ގިނައިން ކާންޖެހުމުން ފޫހިވާގޮތަށް ފޫހިވާކަށް ނުޖެހެއެވެ.
މިކަންކަމުން ކުރާ އެންމެ ބޮޑުފައިދާއަކީ ފިރިމީހާ އަވަހަށް ގެއަށްދާން ބޭނުންވުމެވެ. ފޫހިކަމެއް ނެތި ގިނަ ވަޤުތު ގޭގައި ހޭދަކުރުމެވެ. އެކަމުގެ ފައިދާއަކަށްވަނީ ދެމަފިރިންނަށް އެކުގައި ހޭދަކުރަންލިބޭ ވަޤުތު ގިނަވެ ލޯބި އިތުރުވަމުން ދިއުމެވެ.
މިއީ އައުނަތީޖާއެއް ނޫނެވެ. އަބަދުވެސް އެނގޭ ކަންކަމެވެ. ވީމާ އަހުރެން އަނބިންނަށް އިލްތިމާސްކުރަން ބޭނުންވަނީ މީރުކޮށް ކައްކަން ދަސްކުރުމެވެ. އަދި ތަފާތު ގިނަ ބާވަތްތައް ކައްކަން ދަސްކުރުމެވެ. ކެއްކުމަކީ ކުރާހިތްނުވާކަމަކަށްވިޔަސް ދިރިއުޅުން ދެމެހެއްޓުމަށްޓަކައި އެކަންކުރަން އެބަޖެހެއެވެ.
ދެމަފިރިން އެކުގައި ވަޒިފާއަދާކުރިޔަސް ފިރިމީހާ ގެއަށް އަންނަންވާއިރަށް ގެއަށްގޮސް ކައްކަން ފަރުވާތެރިވާށެވެ. ފިރިމީހާ ބަނޑުހައިކުރުވާނަމަ ކުރިމަތިވާނެ މައްސަލަތައް ގިނަވާނެއެވެ. މިއީ އަހުރެންގެ ނަބީހަތެކެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން