ޢާއިޝަތު ރަފާޙް ޢަލީ
الله ތަޢާލާ އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:
لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ
"ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ."
ތިބާ ކާކޮންމެ ކެއުމަކާއެކު، މަސްއޫލިއްޔަތެއްވެސް އާދެއެވެ. އެހެންކަމުން، ކާން ފެށުމުގެ ކުރިން "ބިސްމިالله" ކިޔުމާއި، ކައި ނިމުމުން الحَمدُ للَّهِ الَّذي أطعَمَني هذا ، ورَزقَنيهِ من غَيرِ حولٍ منِّي ، ولا قوَّةٍ
މާނަ:"އެކަލާނގެ ރަޙްމަތުން ތިމަންއަޅާއަށް ކާންދެއްވައި، ތިމަންއަޅާގެ އަމިއްލަ އެއްވެސް ބާރެއް އަދި ކުޅަދާނަކަމަކާ ނުލައި މިކާނާ ތިމަންއަޅާއަށް ރިޒްޤު ކުރެއްވި ރަސްކަލާނގެއަށް ހުރިހާ ޙަމްދެއް ހުއްޓެވެ"
ކިޔުމަށް އަހަރެމެން އެއްވެސް އިރަކު ހަނދާންނައްތާލައިގެން ނުވާނެއެވެ.
ސަބަބަކީ، الله ތަނަވަސްކޮށްދެއްވާ ކާބޯތަކެއްޗާއި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގައި ތިޔަބައިމީހުން ނުކުޅެދިއްޖެނަމަ (އިހުމާލުވެއްޖެނަމަ)، އެއަށްފަހު އޮތީ ޢުޤޫބާތެވެ (ޢަޒާބެވެ).
الله ސޫރަތު އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾
މާނަ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ. (7)"
- ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން
- މިއަދުނޫސް