166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންގެ ތެރޭގައި ހިމެނެނީ ސީނިއަރ ސަރޖަންޓް ރޭންކުން ސަބް އިންސްޕެކްޓަރ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި، ސަރޖަންޓް ރޭންކުން ސީނިއަރ ސަރޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުނުންނާއި ކޮންސްޓަބަލް ރޭންކުން ސަރޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން