ފަރުޟާ ސުންނަތް ނަމާދުތަކުގެ އިތުރުންވެސް ހެޔޮ ޢަމަލުތައްކޮށް ތަޤްވާވެރިވާން މަސައްކަތްކުރާއިރުވެސް ކުރިއަށް ނުދެވޭނަމަ ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފަރުޟާ ސުންނަތް ނަމާދުތަކުގެ އިތުރުންވެސް ހެޔޮ ޢަމަލުތައްކޮށް ތަޤްވާވެރިވާން މަސައްކަތްކުރާއިރުވެސް ކުރިއަށް ނުދެވޭނަމަ ކުރަން ފައިދާހުރި ދުޢާއެއް!

ކިތަންމެ ތަޤްވާވެރި މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް ގިނަގިނައިން ފާފަކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެމީހެއްގެ ހިތުގައި ވަރަށް ބޮޑު މައްސަލައެއް ހުރެގެން ނޫނީ އެކަން އެގޮތަކަށް މެދުވެރިއެއް ނުވާނެއެވެ.  

ދަންނާށެވެ! ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގުޅިފައި މިވަނީ 3 ކަމަކާއިއެވެ. އެއީ ޢިލްމާއި، ހެޔޮ ޢަމަލުކުރުމާއި އަދި ހިތެވެ. 

ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ނަމާދުކުރިނަމަވެސް ހުރިހާ ފަހަރަކު އެއްގޮތަކަށް އެއްފެންވަރެއްގައެއް ނުކުރެވެއެވެ. އެއީ އެމީހާގެ ހިތް އަތްއަތަށް ފުރޮޅިގެންދާތީއެވެ.  

މިދުޢާކުރަންޖެހެނީ އެހެންވެގެންނެވެ.  

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ."

(އާލް އިމްރާން: 8) 

މީސްތަކުންނޭވެ! ޢިލމް ލިބިގެން ހުރިނަމަވެސް އަދި އަޅުކަންކުރަމުން ދިއަނަމަވެސް ހިތް ފުރޮޅިގެން ހިނގައިދާނެއެވެ. މިދުޢާގައި އެދި މިދަންނަވަނީ ހިތް ފުރޮޅިގެން ނުދިއުމަށެވެ. ޙައްޤުގެ މަގުން އެއްކިބާވުމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ، ނަހީކުރައްވަވާފައިވާ ގޮތްގޮތަށް އުޅެވުމެވެ. އެފަދަ ޢަމަލުތައް ކުރެވުމެވެ.  

ތިބާ ނަމާދާއި އެހެން އަޅުކަންކުރަމުންދާއިރުވެސް ފާފަތައް ކުރެވެނީ ހިތް ފުރޮޅިގެންދާތީއެވެ. ޙައްޤުގެ މަގުން އެއްކިބާވެވޭތީއެވެ. ވީމާ މިދުޢާއަކީ ވީހާގިނައިން ކުރަން އޮތް ދުޢާއެކެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން 

 

މިއަދު އޮންލައިން