ހޯރަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ހޯރަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސްފި

ހއ. ހޯރަފުށީގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އައު ޖެންސެޓް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2720 ކިލޯވޮޓް އެވެ.

ނަމަވެސް، އަލަށް ގެންދެވުނު 1000 ކިލޯވޮޓްގެ ޖެންސެޓާއެކު، ހޯރަފުށީގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 3350 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މިއަދު އޮންލައިން