މިއީ ކޮންމެ ދެމަފިރިއަކުވެސް އެކުގަ ކުރަން ވަރަށް ފައިދާހުރި ދުޢާއެއް! ދުޢާކޮށް ދެމަފިރިން ޢަމަލުކުރާނަމަ އުފާވެރިކަން ޔަޤީން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
މިއީ ކޮންމެ ދެމަފިރިއަކުވެސް އެކުގަ ކުރަން ވަރަށް ފައިދާހުރި ދުޢާއެއް! ދުޢާކޮށް ދެމަފިރިން ޢަމަލުކުރާނަމަ އުފާވެރިކަން ޔަޤީން! އިން ޝާ ﷲ

އެއީ ޒުވާން ދެމަފިރިންނެވެ. ޒުވާން ނަމަވެސް އިންތިހާއަށް ތަޤްވާވެރިވެސް ދެމަފިރިންނެވެ. ރޭއަޅުކަންވެސް ކުރެއެވެ. ނަމަވެސް ކުރަނީ ދެމީހުން ވަކިންނެވެ. އެމީހަކަށް ހޭލަންފަސޭހަ ވަޤުތަކު ތެދުވެއެވެ.  

އެއްރޭ ފިރިމީހާ އަނބިމީހާ ހޭލައްވައިލުމުން ސިއްސައިގެންގޮސްފައި ފުރަތަމަވެސް ސުވާލުކުރީ ފަތިސްވީތޯއެވެ. ފިރިމީހާ ބުނީ ފަތިސްނުވާކަމަށާއި ބޭނުންވަނީ ދެމަފިރިން އެކުގައި ރޭއަޅުކަންކުރަން ކަމަށެވެ. އަނބިމީހާ ވަޤުތުން ތެދުވެ ވުޟޫކޮށްލައިގެން ނުކުމެ ފޭރާން ބަދަލުކޮށްލައިގެން ދެމީހުން އެކުގައި ޜޭއަޅުކަންކުރީއެވެ.

ތަހައްޖުނަމާދުގެ 4 ކަކްޢަތްކުރުމަށްފަހު ދެއަތް އުފުލައި އަނބިމީހާއަށް އަޑުއިއްވައި ދުޢާކުރަން ފެށިއެވެ.  

"ޔާ ﷲ! އިނބަ ﷲ އީ އަޅަމެން ދެމީޙުންގެ ހިތް ގުޅުއްވަވައި ދެއްވެވި ރަސްކަލާނގެއެވެ. ޢުމުރަށްވެސް އެގުޅުން އެގޮތަށް ދަމަހައްޓަވައި ދެއްވަވާނދޭވެ! ޝައިޠޯނާއަށް އަޅަމެންގެ ދެމެދަށް ވަދެގަތުމަށް އެއްވެސް ފުރުޞަތެއް ނުދެއްވަވާނދޭވެ!  

ޔާ ﷲ! އަޅަމެންގެ ގުޅުމަށް ނުބައި އަސަރެއްކޮށްފާނެ އެކުވެރިންގެ ކިބައިން އަޅަމެންނަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އަޅަމެންގެ ދިރިއުޅުމަށް ހަސަދަވެރިވާ އެންމެންގެ ޙަސަދަވެރިކަމުން އަޅަމެންނަށް ސަލާމަތްކަން ދެއްވަވާނދޭވެ!  

ޔާ ﷲ! އަނެކާއަށް ކުރެވޭ ކުށްތަކަށް މާފުކުރުމުގެ ހިތްވަރު އަޅަމެންނަށް ދެއްވަވާނދޭވެ! ދިރިއުޅުމުގެ އެންމެ ބޮޑު ބޭނުމަކީ އެކުގައި ސުވަރުގެ ވަދެވުންކަމަށް ބަލައިގެން އުޅުމުގެ ތައުފީޤް ދެއްވަވާނދޭވެ! އަދި އަޅަމެންނީ އިނބަ ﷲ ދެއްވަވާ މިންވަރަށް ޝުކުރުވެރިވާ ބައަކު ކަމުގައިވެސް ލައްވަވާނދޭވެ! އަދި އިނބަ ﷲ ގެ ޙަޟްރަތަށް ގިނަގިނައިން އަޅުކަންކުރުމުގެ ތައުފީޤް ދެއްވަވާނދޭވެ!" އާމީން  

ފިރިމީހާ މިދުޢާކުރަމުން ގެންދިއައިރު އަނބިމީހާ ދިއައީ އާމީންކިޔަމުންނެވެ. ދުޢާކޮށް ނިމިގެން ފިރިމީހާ އަނބިމީހާގެ ކިބައިން އެދުނީ ދަމާދުގެ ދެން އޮތްބައި ފުރިހަމަކޮށް އަނބިމީހާ ބޭނުން ދުޢާއެއް ކުރުމަށެވެ. އެއިގެ ފަހުން ކޮންމެ ރެއަކުވެސް ރޭއަޅުކަންކުރަނީ ދެމަފިރިން އެކުގައެވެ. ކޮންމެ ރެއަކުވެސް ދެމަފިރިން އެންމެ ބޮޑަށް ބޭނުންވެގެން ތިބި ކަންކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރެއެވެ.  

ބުނަންހެއްޔެވެ؟ އެދެމަފިރިންގެ ކައިވެންޏަށް މިހާރު 25 އަހަރުފުރިއްޖެއެވެ. ކޮންމެވެސް ވަރެއްގެ ކަންކަން ކުރިމަތިނުވާ ކަމަކަށް ނުބުނަމެވެ. ނަމަވެސް ކުރިމަތިވާ ކޮންމެ ކަމަކުންވެސް އަރައިގަނެވެއެވެ. ދިރިއުޅެމުން އަންނަނީ އެންމެ އުފަލުގައެވެ.  

ޢިބްރަތް ޙާޞިލުކުރަންވީ އުފާވެރިކަން ހޯދަން ހިތަށް އެރިހައި ކަންކަން ކުރާ މީހުންގެ ކިބައަކުންނޫނެވެ. މިފަދަ ހެޔޮލަފާ މީހުންގެ ކިބައިންނެވެ. ދިރިއުޅުން ބާއްޖަވެރިވެ އުފަލުގައި ތިބެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން