ރުޅިގަދަވާ ވަޤުތުތަކުގައިވެސް ޙައްޤުނޫން ބަހެއް ނުބުނާށެވެ! މިޙަދީޘްފުޅުން ފިލާވަޅު ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރުޅިގަދަވާ ވަޤުތުތަކުގައިވެސް ޙައްޤުނޫން ބަހެއް ނުބުނާށެވެ! މިޙަދީޘްފުޅުން ފިލާވަޅު ލިބިގަންނާށެވެ!

ޢަބްދުﷲ ބުން ޢަމްރު رضي الله عنه ވިދާޅުވިއެވެ.

ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތިމަން ދަސްކުރުމަށް އެދޭ ކޮންމެ ބަސްފުޅެއް ލިޔަމުން ގެންދިޔައީމެވެ. ފަހެ ޤުރައިޝުންގެ ބޭކަލުން ތިމަންނާއަށް އެކަން ނަހީކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ވިދާޅުވާ ކޮންމެ އެއްޗެއް ކަލޭގެފާނު ލިޔުއްވަނީ ހެއްޔެވެ! އެކަލޭގެފާނުވެސް ކޯފާގެ ވަގުތު ގައްޔާއި ރުހިވަޑައިގެންވާ ވަގުތުތަކުގައި ވާހަކަފުޅު ދައްކަވައެވެ.  

އެހެންވެ ތިމަން ލިޔުން ހުއްޓާލީމެވެ. ދެން އެވާހަކަ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނުގެ އިނގިލިފުޅުން އެކަލޭގެފާނުގެ އަނގަފުޅަށް އިޝާރާކްކުރައްވާފައި ޙަދީޘްކުރެއްވިއެވެ. 

«اكْتُبْ فَوَالَّذِي نَفْسِي بِيَدِهِ مَا يَخْرُجُ مِنْهُ إِلَّا حَقٌّ»

"ކަލޭގެފާނު ލިޔުއްވާށެވެ. ތިމަންކަލޭގެފާނު ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ޙައްޤު ބަހެއް މެނުވީ އެއިން ނުނިކުންނާނެއެވެ."

[رواه أبو داود (3646) وصحح إسناده العراقي والألباني"

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން