އަނބިމީހާގެ ކުށެއްނެތި އޭނާއަށް ފާޑުކިޔައި ފުރައްސާރަކުރާ މީހަކު ގެއަށް ނުވައްދާށެވެ! އެފަދަ މީހަކާ ގުޅުންވެސް ނުބާއްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަނބިމީހާގެ ކުށެއްނެތި އޭނާއަށް ފާޑުކިޔައި ފުރައްސާރަކުރާ މީހަކު ގެއަށް ނުވައްދާށެވެ! އެފަދަ މީހަކާ ގުޅުންވެސް ނުބާއްވާށެވެ!

އަނބިމީހާއަކީ ދިރިއުޅުމަށް މިކުރާ ދަތުރުގެ ކައްޕިތާނެއެވެ. މާނައަކީ ހުޝިޔާރު އަނބިން އެމީހުން ބޭނުންވާ މިޞްރާބަކަށް ދިރިއުޅުން ގެންދާނެއެވެ. ފިރިމީހާގެ ކިބައިގައި ހުންނަ އުނި ކަންތައްތަކާއިއެކުގައިވެސް ދިރިއުޅުމާއިގެން ކުރިއަށްދާނެއެވެ. ފޫހިވެ މާޔޫސްވެގެން މިސްރާބު ބަދަލެއް ނުކުރާނެއެވެ. 

މިފަދަ އަނބިންނަށް އެންމެ ބޮޑަށް ބޭނުންވާނީ ރައްކައުތެރިކަމެވެ. އެއީ ހަމައެކަނި މީހަކު ހަތިޔާރުން ދީފާނެ ޙަމަލާއަކުން ނޫނެވެ. މީހުން ބުނާ ނުބައިބަސްތަކުންވެސްމެއެވެ. މީހަކު ނުބައި ބަހެއް ބުނިނަމަވެސް ގިނަ ފިރިހެނުން އެއީ މާބޮޑުކަމަކަށް ނުހަދާނެއެވެ. ނަމަވެސް އަންހެނުންނަށް އެކަންވާނީ ވަރަށް ބޮޑުކަމަކަށެވެ.  

ވީމާ އަނބިމީހާގެ ކުށެއްނެތި އޭނާއަށް ފާޑުކިޔައި ފުރައްސާރަކުރާ މީހަކު ގެއަށް ނުވައްދާށެވެ! އަދި އެފަދަ މީހަކާ ގުޅުންވެސް ނުބާއްވާށެވެ! ގުޅުން ނުބާއްވަންޖެހޭ ސަބަބަކީ އޭނާ ދައްކާ ވާހަކަތަކުން ތިބާއަށް އަސަރުކުރާނެތީއެވެ. އަސަރުކުރުން ކަމަށް މިބުނަނީ އަނބިމީހާއާއާއިމެދު ދެކެވޭގޮތަށެވެ. ނުބައި ގޮތްގޮތަށް ވިސްނެނެން ފަށާތީއެވެ.

އަދި އެއްވާހަކަ ބުނެލާނަމެވެ. އަނބިމީހާއަށް ނުބައިބަސްބުނެ ފުރައްސާރަކޮށް ހަދާނަމަ އެއީ ރަނގަޅު އެކުވެރިއެއް ނޫނެވެ. ތިބާއަށް ހެޔޮއެދޭ މީހެއްވެސް ނޫނެވެ. ތިބާއަށް ރަނގަޅު، އުފާވެރި ދިރިއުޅުމެއް ލިބުމަށް އެދޭ މީހެއްވެސް ނޫނެވެ. ވީމާ އެންމެ ރަނގަޅުގޮތަކީ އެފަދަ މީހުންނާއި ގުޅިގެން ނުއުޅުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

 

މިއަދު އޮންލައިން