އަޅުކަމެއް އަދާނުކުރެވިދާނެތީވެސް ޕީރިއަޑްވުން ހުއްޓުވަން ބޭސް ކެއުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަޅުކަމެއް އަދާނުކުރެވިދާނެތީވެސް ޕީރިއަޑްވުން ހުއްޓުވަން ބޭސް ކެއުމެއް ނެތް!

ޙައްޖު ނުވަތަ ޢުމްރާއަށް ގޮސްއުޅެނިކޮށް މައްސަރުކަންތައް ޖެހިދާނެތީ އެކަން އެގޮތަށް މެދުވެރިވިއަ ނުދިނުމަށް ބޭސްކެއުން ފަދަ ކަންކަން ކުރުމާއިބެހޭ ގޮތުން ކިޔުންތެރިންގެ ސުވާލުތައް ތަކުރާރުކޮށް ލިބެމުންދާތީ މިގެނެސްދެނީ އެކަމުގައި ދެޢިލްމްވެރިއެއްގެ ބަސްފުޅެވެ.  

"މައްސަރުކަންތައް ނުޖެހޭނެ ގޮތް ހަދަން މަސައްކަތް ނުކުރާށެވެ! ﷲގެ ޚިލްގަތަށް ބަދަލު ގެންނަން މަސައްކަތްކުރުމަކީ ކުފްރުގެ ޢަމަލެކެވެ. ޙައްވާގެ އަންހެންދަރިން މައްސަރުކަންތައް ޖެހޭގޮތް މެދުވެރިކުރައްވާ އެދުވަސްވަރު ވަކިކަންތަކަކުން ދުރުހެލިވާން އެންގެވީ އެކަނބަލުންގެ މަޞްލަޙަތަށްޓަކައެވެ." 

އައްރޫމް ސޫރަތުގެ 30 ވަނަ އާޔަތް:   

"ފަހެ، ބާޠިލް މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަވެގެންވާ ޙާލް، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." (އައްރޫމް: 30)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

މިމައްސަލައިގައި މުފްތީ މެންކް ވިދާޅުވެފައިވެއެވެ. "މައްސަރު ކަންތަކަކީ އެއްވެސް އަންހެނަކު އަމިއްލައަށް ޖެހިގަންނަ ކަމެއް ނޫނެވެ. ﷲ މިންވަރުކުރައްވަވާ ކަމެކެވެ. ވީމާ ވަކިދުވަހަކު ރޯދަ ނުހިފޮދާނެތީ ނުވަތަ އެހެންވެސް އަޅުކަމެއް ނުކުރެވިދާނެތީ މައްސަރުކަންތައް ނުޖެހެން ބޭސްކެއުން ފަދަ ކަންކަން ކުރުމެއް ނެތެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވި ގޮތަކަށް ރުހިގެން ހުރުމުން އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ."

މިއަދު އޮންލައިން