ސިއުޒާ
ދިރިއުޅުމުގެ އުފާވެރިކަން ލިބޭނީ އެކިގޮތުންނެވެ. އެކި ފިރިންނާއިމެދު ޢަމަލުކުރަންޖެހޭނެ ގޮތްވެސް ތަފާތުވާނެއެވެ.
އެއީ ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. އަހަރެން ހީކުރީ އަހަރެން ރަނގަޅަށް ވާހަކަ ދައްކައިފިނަމަ، ކަންކަން ރަނގަޅު ކޮށްފި ނަމަ އަދި ކަންކަން އޮޅުން ފިލުވައިދީފިނަމަ، އަހަރެން ބޭނުންވި ފަދަ މީހަކަށް އޭނަ ވާނެ ކަމަށެވެ. އެހާ ހިސާބުން އަހަރެން ހަނދާންވީ، ހިތް ބަދަލު ކުރުމުގެ ކުޅަދާނަ ކަން ލިބިގެންވަނީ ހަމައެކަނި ﷲ އަށް ކަމެވެ. އެއީ އަހަރެންނަށް ވާނެ ކަމެއް ނޫނެވެ. އަހަރެންގެ ޒިންމާ އަކަށްވާނީ އޭނާއަށްޓަކައި ދުޢާ ކުރުމެވެ. ހިތްވަރުދީ ކަންކަމަށް ބާރު އެޅުމެވެ. އެކަން އަހަރެންނަށް ވިސްނި ޢަމަލުކުރަން ފެށުމުން އަހަރެންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔައެވެ.
- ކޮންމެ ކަމެއް ޒާތީކޮށް ދެކުން ހުއްޓާލީމެވެ:
ބައެއްފަހަރު އޭނާ ހަމަހިމޭން ވަނީ ރުޅިއަކުން ނޫނެވެ، އޭނާ ވަރުބަލިވީމައެވެ. ބައެއް ފަހަރު އަހަރެން އިމޯޝަނަލް ވަނީ މޯބޮޑަށް ހާސްވުމުންނެވެ. އަހަރެންގެ ކައިވެނި ރޫޅޭތީއެއް ނޫނެވެ. އިމޯޝަނަލް މެޗޫރިޓީ އަހަރެންނަށް ވަރަށް މުހިއްމު އެއްޗެއް ދަސްކޮށްދިނެވެ. ކޮންމެ ނުރަނގަޅު ވަޤުތަކީ ކައިވެނި ނުރަނގަޅު ވުމެއް ނޫނެވެ.
- އަހަރެން އަމިއްލަ ނަފްސަށް ފަރުވާކުޑަކުރުން ހުއްޓާލީމެވެ:
ވަރުބަލިވެފައިވާ، ރުޅިގަދަވެފައި ހުންނަ އަންހެނަކަށް، އެންމެންނަށް ޚިދުމަތް ކޮށްދިނުމުގައި އަބަދަށް ދެމިއެއް ނުހުރެވޭނެއެވެ. އަރާމް ކުރަން، އަހަރެންގެ އަމިއްލަ ސިއްޙަތަށް އަޅާލަން އަދި އަމިއްލަ ސުލްޙަ ހިމާޔަތް ކުރަން އަހަރެން ދަސްކުރީމެވެ. ސަބަބަކީ އަހަރެންގެ ޖޯޑު ފުރުމުން މެނުވީ އަހަރެންގެ ކައިވެނީގެ ޖޮޑަށް އަޅައިދޭނެ އެއްޗެއް ނުހުންނާނެތީއެވެ. އަމިއްލަ ނަފްސަށް އަޅާލުމަކީ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ.
- އޭނަ އަހަރެންގެ ސިކުނޑީގައި ވާ އެއްޗެއް ދެނެގަންނާނެ ކަމަށް އުއްމީދު ކުރުން އަހަރެން ހުއްޓާލީމެވެ:
އެކުވެރިންނޭވެ! އަހަރެމެންގެ ފިރިންނަކީ ވަރަށް ގިނަ ކަންކަމަށް ކުޅަދާނަ ބައެކެވެ. އެހެނަސް މީހެއްގެ ސިކުނޑީގައިވާ އެއްޗެއް ނޭންގޭނެއެވެ. އެހެންކަމުން އަހަރެން ބޭނުންވާ ކަންކަން އޭނަ ދެނެގަންނާނެ ކަމަށް އުއްމީދުކުރުން އަހަރެން ހުއްޓައިލީމެވެ. އަހަރެން އެހީއެއް ބޭނުންވާނަމަ ބުނަނީއެވެ. އެއްވެސް ކަމަކުން އަހަރެންނަށް ދެރައެއް ލިބިއްޖެނަމަ އިޙްތިރާމާއިއެކު އަހަރެން ބުނަނީއެވެ. ސާފުސީދާ ބަހުން ވާހަކަ ދެކެވޭނަމަ ވަރަށް ގިނަ ކުށްހީތައް ނައްތާލެވޭނެއެވެ.
މާޒީއަށް ބަލައިލާނަމަ، އަހަރެންނަށް އުފާވެރި މީހަކަށް ވެވުނީ އަހަރެންގެ ފިރިމީހާ ކުއްލިއަކަށް ބަދަލު ވީމައެއް ނޫނެވެ. އަހަރެން މިއަދު އުފަލުގައި މިހުރީ މި ކައިވެނި ތަފާތު ގޮތަކަށް ކުރިއަށް ގެންދަން އަހަރެން ދަސްކުރީމައެވެ.
މިއީ ދިރިއުޅުމުގައި އުފާވެރިކަން ލިބުނު ގޮތް އޭނާ ބުނެދީފައިވާ ގޮތެވެ. ބެލެވޭ ގޮތުން ވަރަށް ބުއްދިވެރި ވާހަކަކޮޅެކެވެ.
- މިއަދުނޫސް