އެސްއޭއޯސީގެ އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އެސްއޭއޯސީގެ އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ގެ އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބައިވެރިވެއްޖެއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި 2026 އޯގަސްޓު 23 އިން 24 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އަދި ސެކްރެޓަރީ ޖެނެރަލް ތަމޫޙު އަޙްމަދު ސަޢީދެވެ.

ނޭޝަނަލް އޮލިމްޕިކް ކޮމިޓީ އޮފް ޕާކިސްތާނުން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި، 25 ފެބްރުއަރީ 2026 ގައި ލާހޯރުގައި ބޭއްވުނު އެސްއޭއޯސީގެ އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން މުރާޖަޢާކޮށްފައިވެއެވެ.

މީގެއިތުރުން، 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއި، މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން، މުބާރާތުގެ ކުޅިވަރުތައް ބޭއްވުމަށް ހުށަހަޅާފައިވާ ވެނިއުތަކަށް ޒިޔާރަތްކުރުންވެސް ކުރިއަށްދިޔައެވެ.

މިއަދު އޮންލައިން