ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ހެލްޕު ޑެސްކާއި ކޯލު ސެންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު ލިބޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ހެލްޕު ޑެސްކާއި ކޯލު ސެންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު ލިބޭނެ!

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ އެކި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ހެލްޕު ޑެސްކާއި ކޯލު ސެންޓަރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ލިބޭނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާ) އިން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ބެހޭ އެންމެހައި މަޢުލޫމާތުތައް އެ ވުޒާރާގެ ހެލްޕް ޑެސްކުންނާއި ހޮޓްލައިން ނަންބަރު 4004900 މެދުވެރިކޮށް ލިބެމުންދާނެއެވެ.

އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 15:00 އާ ހަމައަށް މި ޚިދުމަތްތައް އާންމުންނަށް ލިބެމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން