އަނބިމީހާގެ ނުރުހުމުގަ ކުރީގެ ލޯބިވެރިޔާއާ ޗެޓްކުރާނަމަ އަންގައިދެނީ އަނބިމީހާއަށްވުރެ އޭނާ މުހިންމުކަން! އަނބިމީހާދެކެ ޙަޤީޤީ ލޯބިވާ މީހަކު އެކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އަނބިމީހާގެ ނުރުހުމުގަ ކުރީގެ ލޯބިވެރިޔާއާ ޗެޓްކުރާނަމަ އަންގައިދެނީ އަނބިމީހާއަށްވުރެ އޭނާ މުހިންމުކަން! އަނބިމީހާދެކެ ޙަޤީޤީ ލޯބިވާ މީހަކު އެކަމެއް ނުކުރާނެ!

ކައުންސިލިންގ ހޯދަން އަންނަ ބައެއް ދެމަފިރިންގެ މައްސަލައަކަށްވެފައި އޮންނަނީ ކުރީގެ ލޯބިވެރިޔާއާއެކު ފިރިމީހާ ޗެޓްކުރާކަމެވެ. ފިރިން ބުނަނީ އެއީ އެކުވެރިކަން ކަމަށާއި ލޯބިވަނީ އަނބިމީހާދެކެ ކަމަށެވެ. ކުރީގެ ލޯބިވެރިޔާއާއި ވަކިވެ އަނބިމީހާއާއި ގުޅުނީ އަނބިމީހާދެކެ ބޮޑަށް ލޯބިވާތީ ކަމަށެވެ.  

މިމައްސަލައިގައި ބަލަންވީ ބޮޑަށް ލޯބިވުމުގެ މައްސަލައަކަށް ނޫނެވެ. އަނބިމީހާ ނުކުރަން ބުނާކަމެއް ކުރުމުގެ މައްސަލައަށެވެ. އަނބިމީހާއަށް ހިތްދަތިކަމާ ނުތަނަވަސްކަން ލިބޭ ކަމެއް ކުރުމުގެ މައްސަލައަށެވެ. އެއީ އަނބިމީހާދެކެ ލޯބިވާ މީހަކު ކުރާނެ ކަމެއް ނޫނެވެ.

"އަނބިމީހާ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ޗެޓްކުރަން ރުހޭނަންތޯ؟" ސުވާލުކުރުމުން ފިރިން ބުނަނީ އެކަމަށް ނުރުހޭނެ ކަމަށެވެ. ކުރާނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ. އެހިސާބުން އަހުރެން ސުވާލުކުރަނީ އެހެންވީއިރު އެކަން ތިބާކުރަނީ ކީއްވެގެންތޯއެވެ؟  

ދެމަފިރިންނަށްވެސް އަހުރެން ބުނަން އޮތް ބަހަކީ އަނެކާނުރުހޭ ކަންކަން ނުކުރާށެވެ. އަނެކާގެ ހިތަށް ތަދުނުކުރާށެވެ. ކައިވެނިކުރުމަށްފަހު ވިސްނަންވީ ކުރީގެ ލޯބިވެރިޔާ ރުއްސުމަކަށް ނޫނެވެ. ބައިވެރިޔާ ރުއްސުމަށެވެ. ޒަވާޖީ ޙަޔާތުން ލިބެންޖެހޭ އުފާވެރިކަން ލިބެމުންދާނީ ދެމީހުން އެކަކު އަނެކަކަށް އިޙްތިރާމްކުރިވަރަކުންނެވެ.  


- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން