ތިމާއަށް އުފާވެރިކަން އިތުރުވާނީ ބައިވެރިޔާ އުފަލުގައި ބެހެއްޓިވަރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިމާއަށް އުފާވެރިކަން އިތުރުވާނީ ބައިވެރިޔާ އުފަލުގައި ބެހެއްޓިވަރަކުން!

ކޮންމެ މީހަކީވެސް އުފާވެރިކަން ބޭނުންވާނެ މީހެކެވެ. ގިނަ މީހުންނަށް އުފާވެރިކަން ނުލިބޭ އެންމެ ބޮޑު ސަބަބަކީ ހަމައެކަނި ތިމާގެ އުފާވެރިކަމާއިމެދު ވިސްނޭކަމެވެ. ހަމައެކަނި ތިމާގެ އުފާވެރިކަމާއިމެދު ވިސްނާ މީހަކަށް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ.  

ކައިވެނިކުރުމަށްފަހު އަނެކާގެ އުފާވެރިކަމަށް އިސްކަންދޭށެވެ. އަނެކާ އުފަލުގައި ބަހައްޓަން މަސައްކަތްކުރާށެވެ. އެއިރުން އޭނާވެސް މަސައްކަތްކުރާނީ ތިބާ އުފަލުގައި ބެހެއްޓުމަށެވެ. އެއިގެ ބަދަލުގައި އަނެކާއަށް ހިތްދަތިކަންދޭނަމަ އޭނާގެ ކިބައިން ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ.  

އެހެންވީމާ ފުރަތަމަ ކަމަކަށްވެސް ތިމާގެ ޙައްޤުތައް ކަމަށް ތިމާއަށް ވިސްނޭ ކަންކަން އަނެކާއަށްވެސް ލިއްބައިދޭށެވެ. އިންސާނަކު ކަމަށްވީތީ އޭނާވެސް ހުންނާނީ ހަމަ އެކަންކަމަށް ބޭނުންވެގެންނެވެ. މިޘާލަކަށް ބައިވެރިޔާގެ ކިބައިން ލޯތްބާއި އަޅައިލުން ބޭނުންވާނަމަ އޭނާއަށްވެސް ލޯތްބާއި އަޅައިލުން ދޭށެވެ. އިޙްތިރާމް ލިބެން ބޭނުންވާނަމަ އަނެކާއަށްވެސް އިޙްތިރާމްކުރާށެވެ. ބައިވެރިޔާ ތިމާއަށް ވަފާތެރިވުމަށް އެދޭނަމަ ތިމާވެސް ވަފާތެރިވާށެވެ.  

ކައިވެންޏަށްފަހު އުފާވެރިކަން ނުލިބިގެން އުޅެންޖެހެނީ މިކަންކަމަށް ވިސްނައި ނުލެވޭތީއެވެ. ހަމައެކަނި ތިމާގެ އުފާވެރިކަމަށް އެދެވޭތީއެވެ. މިޘާލަކަށް ދެމީހުންވެސް ތިބީ ބަނޑުހައިވެގެން ކާނެ އެއްޗަކަށް ބޭނުންވެގެންނެވެ. އެޙާލަތުގައި ހަމައެކަނި ތިމާގެ ހައިހޫނުކަން ފިލުވަން ބޭނުންވާނަމަ ކަންކަންވާނެ ގޮތް ހިތަށް އަރުވާށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން