އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދި އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދި އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި

ޔަހޫދީ ދައުލަތުން ޤައްޒާ އާރާސްތުކުރުމުގެ މަގުޗާޓާއި ދެކޮޅު ހަދަމުންދާތީ، އެކަމާ ގުޅިގެން ބާއްވާ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދި އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެގެން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ވިދާޅުވީ، މި ފަހަރުގެ ބައްދަލުވުމުގައިވެސް ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ފުރިހަމައަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން، ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަށް އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން