ކުރާ ކަންކަމުން ދުނިޔޭގެ ކާމިޔާބީ ނުލިބުނަސް ﷲ ގެ ޙަޟްރަތުން އެކަމަށް ފައިދާކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކުރާ ކަންކަމުން ދުނިޔޭގެ ކާމިޔާބީ ނުލިބުނަސް ﷲ ގެ
ޙަޟްރަތުން އެކަމަށް ފައިދާކުރާނެ ގޮތް!


ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ އަހަރެމެން ޙާޞިލުކުރާ ނަތީޖާއަކަށް ނޫނެވެ. ނަތީޖާ ޙާޞިލުކުރަން ކުރި މަސައްކަތަށެވެ. އެ މަސައްކަތް ކުރުމުގައި ﷲ ތަޢާލާއަށް ތެދުވެރިވެ އިޚްލާޞްތެރިވީ މިންވަރަކަށެވެ.

ވީމާ އަހަރެމެން ކުރާ މަސައްކަތުން ކިތަންމެ ބޮޑު ކާމިޔާބީއެއް ޙާޞިލުކުރެވުނު ނަމަވެސް އަހަރެމެންގެ ނިޔަތް ރަނގަޅު ނޫންނަމަ، އިޚްލާޞްތެރިކަމާއި ތެދުވެރިކަން ނެތް ނަމަ އެކަމަކުން ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ އެއްވެސް ދަރުމައެއް ނެތެވެ! 

ޙާޞިލުކުރަން ބޭނުންވި ނަތީޖާ ޙާޞިލު ނުކުރެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަށް ކުރި މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން އޮތްނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ!  

ޙާޞިލުކުރެވޭ ނަތީޖާއަށް މާކްސް ނުލިބެނީ ނަޞްރާއި ކާމިޔާބަކީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމަކަށްވާތީއެވެ. ކުރާ މަސައްކަތުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމަށް މާކްސް ލިބެނީ އެއީ އިންސާނާއަށް ދެއްވަވާފައިވާ އިޚްތިޔާރުގެދަށުން އެމީހާ ކުރާ އަމަލަކަށްވާތީއެވެ.  

--މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން