އަހުރެން މިވާހަކަ ވަރަށް ގިނައިން ދައްކަމެވެ. އެއީ މިކަމަށް އަހުރެމެން ހޭލުންތެރިނުވެއްޖެނަމަ އަހުރެމެންނަށް ސަލާމަތްކަމެއް ނެތުމުންނެވެ. އާޚިރަތް ލިބިނުގަނެވޭނެތީއެވެ.
ދައްޖާލު ފައުޅުވުމާއިބެހޭ ގޮތުން ގިނަ ބައަކު މިހާރުވެސް ސުވާލުތައް ކުރެއެވެ. އެހެންވެ ބުނަމެވެ. މި ބަޔާންކުރާ ޙަދީޘްފުޅުން އެންގެން މިއޮތް ދައްޖާލުގެ ޒަމާން މިހާރުވެސް މިވަނީ ފެށިފައެވެ. ވީމާ ޤިޔާމަތްވުން ކައިރުވުމުން ފައުޅުވާނެ ބޮޑު ދައްޖާލު ލޮލަށް ނުފެނުނަސް ދައްޖާލުގެ ޒަމާން މިވަނީ ފައުޅުވެފައެވެ.
Prophet Muhammad ﷺ said:
‘Time of Dajal will be years of confusion. People will believe a liar, disbelieve one who tells the truth and distrust one who is trustworthy, trust one who is treacherous; Ruwaybidah (Rebels against Allah) will have a say in general affairs
Musnd Ahmad
މިހާރުވެސް ތެދުވެރިން ކަމުގައި ބަލަނީ ދޮގުހަދާ މީހުންނެވެ. ތެދު ބުނާ މީހުންގެ ބަސް މީސްތަކުން ޤަބޫލެއް ނުކުރެއެވެ. ތެދުވެރިންނަށް އިތުބާރެއް ނުކުރެއެވެ. އިތުބާރުކުރަނީ ޚިޔާނާތްތެރިންނަށެވެ. ﷲ ތައާލާ އާއި ދެކޮޅަށް ނުކުމެ ބަސް ބުނެ ކަންކަން ކުރާ މީހުންގެ ބަސް މުޖުތަމައުތަކުގައި އެދަނީ ވިކެމުންނެވެ! އެމީހުން މިވަނީ މުޖުތަމަޢުތަކުގައި ބަސްބުނާ މީހުންނަށް ވެފައެވެ.
ބަޔާން މިކުރި ޙަދީޘްފުޅުން އެނގިގެން މިދަނީ މި ބަޔާންކުރި ކަންކަން (ޙަދީޘްފުޅުގައިވާ ކަންކަން( ފައުޅުވުމުން އެއޮތީ ދައްޖާލުގެ ޒަމާން ފެށިފައި ކަމެވެ! ވީމާ ބިރުވެތިވެ ހޭލުންތެރިވާން ބޭނުންވާ މީހުން މިހާރުވެސް ތިބެންވީ ހޭލުންތެރިވެގެންނެވެ!
މީސްތަކުންނޭވެ! މި ބަޔާންކުރި ޙާލަތަށް ތާއީދުކޮށް އެއްބާރުލުން ދޭ މީހުން މިހާރުވެސް އެތިބީ ދައްޖާލަށް ކުރާ ކައްކައިދޭ މީހުންގެ ގޮތުގައެވެ. ސަލާމަތްކަން ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން