ތިމަރަފުށި މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ތިމަރަފުށި މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ތ. ތިމަރަފުށި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އާރްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް މިހާރު ފަށައިގެން ބާރު ދުވެލީގައި ދަނީ ކުރިއަށެވެ.

ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ޖުމުލަ 4 ކިލޯމީޓަރުގެ 7 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މިއީ ޖުމުލަ 75,704,226.92 (ހަތްދިހަ ފަސް މިލިއަން ހަތް ލައްކަ ހަތަރު ހާސް ދުއިސައްތަ ސައްބީސް ރުފިޔާ ނުވަދިހަ ދެ ލާރި) ގެ އަގުހުރި މަޝްރޫޢެކެވެ.

މިއަދު އޮންލައިން