ދެމަފިރިންވެސް އަނެކާގެ ޢަބުރަށް ރައްކައުތެރިވެ ޤަދަރުކުރާނަމަ ގުޅުމާ ލޯބިދާނީ ވަރުގަދަވެ ބަދަހިވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދެމަފިރިންވެސް އަނެކާގެ ޢަބުރަށް ރައްކައުތެރިވެ ޤަދަރުކުރާނަމަ ގުޅުމާ ލޯބިދާނީ ވަރުގަދަވެ ބަދަހިވަމުން!

ފިރިމީހާވެސް އަދި އަނބިމިހާވެސް އަނެކާގެ ޢަބުރަށް ރައްކައުތެރިވެ ޤަދަރުކުރަން ބުނީމާ ގިނަ ބައަކަށް ވިސްނެނީ އެއީ މީހުންގެތެރޭގައި ތިބޭއިރު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެވިސްނުން ރަނގަޅެއް ނޫނެވެ.  

މީހުންގެ ތެރޭގައި އެގޮތަށް ކަންކަން ކޮށްފައި ދެމީހުން އެކަނިވުމުން އެގޮތަށް އެކަންކަން ނުކުރެވޭނަމަ ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ ކޮޓަރީގައި އެކަނި ތިބޭއިރުވެސް އެކަމަށް ސަމާލުކަންދޭށެވެ.

އަދިކީއްހެއްޔެވެ؟ އެއްދާންކުރާއިރުވެސް އަނެކާއަށް ޤަދަރުކުރަންވާނެއެވެ. އެވަޤުތު ޤަދަރުކުރަން ކުރަންޖެހޭނެ ކަމަކީ އަނެކާގެ އިޙްޞާޞްތައް ދެނެގަތުމެވެ. އަވަސްއަރައި ނުގަތުމެވެ. އަނެކާއަށް ތަދުއިޙްޞާޞްވާނެ އެއްވެސް ކަމެއް ނުކުރުމެވެ. މަޑުމައިތިރިކަމާއިއެކު ލޯބިން ކަންކަން ކުރުމެވެ.  

މިކަންކަމަށް ސަމާލުކަންދޭނަމަ ދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުގައެވެ. މޫނުކުނިކުރާކަށް އަދި ނޖިތްކުރިއަށް ރޫއަރުވާކަށްވެސް ނުޖެހޭނެއެވެ. ކަންބޮޑުވެ ދެބުމަ ގޮށްޖަހާކަށްވެސް ނުޖެހޭނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން