ކިޔުންތެރިއަކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލެއް!: މިޙާލަތުގަ ފިރިމީހާ ޢަމަލުއެކުރީ އެންމެ ރަނގަޅަށްތަ؟ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކިޔުންތެރިއަކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލެއް!: މިޙާލަތުގަ ފިރިމީހާ ޢަމަލުއެކުރީ އެންމެ ރަނގަޅަށްތަ؟ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތަ؟

އެގޭގައި ދިރިއުޅެނީ ބައްޕައާއި ދަރިފުޅާއި ދޮންމަންމައެވެ. އެހެންވެ ކާމޭޒުދޮށުގައި ބަހައްޓާފައި ހުންނަނީ 3 ގޮނޑިއެވެ. ބޭނުންނަމަ އިތުރު 3 ގޮނޑިވެސް ބެހެއްޓޭނެއެވެ.  

ފިރިމީހާ ބޭރުން އައުދެވުނުއިރު ދަރިފުޅު ކާން ބައިންދާފައި އިނީ ވަކިން މޭޒެއްގައެވެ. ސަބަބާއިމެދު ސުވާލުކުރުމުން އަނބިމީހާ ބުނީ އޭނާގެ ދައްތަގެ 2 ދަރިންނާއި އޭނާ އިށީނދެފައި ޖާގަނެތީކަމަށެވެ.  

ފިރިމީހާ ބުނީ ދަރިފުޅުގެ ބައްޕަގެ ގޭގައި ދަރިފުޅަށް ޖާގަނުދީ ހިތުގައި ޖައްސުވާތަން ދެކެން ބޭނުންނޫން ކަމަށެވެ. އަދި އެގޮތަށް އެކަންކުރަންވީ ސަބަބެއްވެސް ނުވިސްނޭކަމަށެވެ.  

ފިރިމީހާ ޒުވާބެއް ނުކުރެއެވެ. ދަރިފުޅު ގޮވައިގެން ގެއިން ނުކުމެގެން ދިއައީއެވެ. ރެސްޓޯރަންޓަކުން ކާންދޭށެވެ.  

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މިބާވަތުގެ ކަންކަން އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގައެވެ. އެހެންވެ އަޅުގަނޑު ކިޔުންތެރިންގެ ޚިޔާލަށް ބޭނުންވާތީ މިކުރަނީ ސުވާލެކެވެ.  

ސުވާލަކީ އެޙާލަތުގައި ފިރިމީހާ ކަންތައް އެކުރީ ރަނގަޅަށް ހެއްޔެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން