ކަމަކަށް އެދިގެން ﷲ ގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ޢިޖާބަނުކުރައްވަވައި ދޫކޮށްނުލައްވަވާނެ 7 ވަޤުތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކަމަކަށް އެދިގެން ﷲ ގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ޢިޖާބަނުކުރައްވަވައި ދޫކޮށްނުލައްވަވާނެ 7 ވަޤުތެއް!

ކަމަކަށް އެދިގެން ﷲ ގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ޢިޖާބަނުކުރައްވަވައި ދޫކޮށްނުލައްވަވާނެ 7 ވަޤުތެއްވެއެވެ. އެއީ: 

1 ރޭގަނޑުގެ ފަހުދަންފަޅި

2 ސަޖިދައިގަ އޮންނަ ވަޤުތު

3 ބަންގިއާ ޤަމަތާ ދެމެދުގައިވާ ވަޤުތު

4 ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތު

5 ވާރޭވެހޭ ވަޤުތު

6 ދަތުރުމަތީގަ ކުރާ ދުޢާ

7 ހުކުރު ދުވަހުގައިވާ ދުޢާޢިޖާބަކުރައްވަވާ ވަޤުތުކޮޅު (ޢިލްމްވެރިން ބޮޑަށް ބުރަވެވަޑައިގަންނަވަނީ އެވަޤުތުކޮޅުވަނީ ޢަޞްރުގެ ފަހުން އިރުއޮއްސުމާއި ދެމެދުގައި ކަމަށް. އެންމެ ފަހު ސާޢަތުގައިކަމަށްވެސް ބައެއް ޢިލްމްވެރިން ވިދާޅުވޭ.)  

މި ވަޤުތުތަކުގެ ތެރެއިން ސަޖިދައިގައި އޮންނަ ވަޤުތު ފިޔަވައި ދެއަތް އުފުލައިގެން ދުޢާކުރާށެވެ. ސަޖިދައިގައި އޮންނައިރު ދެއަތްތިލަ ބޭއްވިފައި އެއޮންނަނީވެސް މަތިވެރި މަޤާމެއްގައެވެ.  

މިހުރީ ދުޢާކުރަން އެންމެ ފައިދާހުރި ވަޤުތުތަކެވެ. ހިތާމައަކީ މީގެތެރެއިން ގިނަ ވަޤުތުތަކެއްގައި ފަރުވާކުޑަކުރެވޭކަމެވެ. މިޘާލަކަށް ވާރޭ ވެހޭތީ ގެއިން ބޭރަށް ނުދެވި ގޭގައި އިންނަންޖެހުނަސް އަދި ބޭރަށްދާންބޭނުންނުވެ ގޭގައި ތިބިނަމަވެސް ގިނަބައަކު ބަލާނީ ފިލްމެވެ. ނުވަތަ ކުރާނީ އެފަދަ ކަމެކެވެ.  

ހަމައެއާއިއެކު ރޭގަނޑުގެ ފަހުދަންފަޅީގައި ގިނަބައަކު ތިބެނީ ނިދާފައެވެ. ނަޞީޙަތަކީ މި 7 ވަޤުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި ދުޢާކުރުން ގިނަކުރުމެވެ.

 

- އުސްތާޛާ މިޒްނާ

- މިއަދުނޫސް

މިއަދު އޮންލައިން