ސިއުޒާ
މިހާރަކަށް އައިސް އެންމެންހެން އަބަދުވެސް ގިނަމައްސަލަތަކެއްގެ ތެރޭގައި އުޅެންޖެހޭތީ އެންމެ ބޮޑު އެއްމައްސަލައަކަށްވެފައި އޮންނަނީ ފަސޭހައިން ހަނޑާން ނެތުމެވެ. ހަނދާން ނެތުމަކީ ފޫބައްދަން އުނދަގޫ އެތައް ހެއްލުންތަކެއް ލިބޭ ކަމެކެވެ. ވީމާ މިއީ ފަރުވާއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންތަކެވެ.
ބީޓްރޫޓުން ތައްޔާރު ކޮށްލާ މި ބުއިމަކީ ހަނދާން ނެތުމުގެ މައްސަލައަށް ހައްލު ލިބިދީ، ކަށިތައް ވަރުގަދަ ކޮށްދީ އަދި ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމާއިއެކު ކްރޮނިކް އެނީމިއާ އާއި ވަރުބަލުވުން ފަދަ ކަންކަން ނައްތާލައިދޭނެ ބުއިމެކެވެ.
ބޭނުން ވާނެ ތަކެތޮ:
1 ތަށި ކިރު
1 ބީޓްރޫޓް
1 ވަށް ދޮންކޮޔެ
1 ޖޯޑު އޯޓްސް
ހުރިހާއެއްޗެއް އެއްކޮށް މިކްސަރަށް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.
ހަފްތާއަކު ދެ ފަހަރު މީގެ 2 ތަށި ބޯލާށެވެ. ނަތީޖާ ފެންނަން ފަށާނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޞިއްޙީ ޚަބަރު