ކުރެވޭ ޢަމަލުތަކުގެ ހިސާބުކުރުމަކީ ތައުބާވެ އާޚިރަތް ލިބިގަތުމަށް އެންމެ ބޮޑަށް މަގުފަހިވާނެ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުރެވޭ ޢަމަލުތަކުގެ ހިސާބުކުރުމަކީ ތައުބާވެ އާޚިރަތް ލިބިގަތުމަށް އެންމެ ބޮޑަށް މަގުފަހިވާނެ ކަންތައް!

ލިބޭ އާމްދަނީގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ކުރާ ޚަރަދުތަކުގެ ހިސާބު ބަލަހައްޓާ މީހުންނަށެވެ. ހަމައެގޮތަށް އާޚިރަތް ކާމިޔާބުކުރުމުގެ ފުރުޞަތު އެންމެ ބޮޑުވާނީ ތިމާއަށް ކުރެވޭ ޢަމަލުތަކުގެ ޙިސާބު ބަލަހއްޓާ މީހުންނަށެވެ. 

ގުޅުންހުރި ލިޔުމެއް-: 

ނަފްސް ހިސާބު ކުރުމުގެ ފައިދާތަކަށް ބަލާލާ އިރުގާ ވަގުތު ފާއިތުވުމުގެ ކުރިން ތައުބާ ވުމުގެ ފުރުޞަތު ލިބިގެން ދާނެ. ހިސާބު ނުކޮށް ޣާފިލުކަމުގެ ތެރޭގާ މީހާ އުޅެންޏާ ފުރްޞަތު ލިބޭނެތޯ؟ ފުރްޞަތެއް ނުވެއްލިބޭނެ، އެމީހާ ހަނދާނެއް ނުވާނެ އެމީހާގެ ހިތަކަށް ނުވެއް އަންނާނެ ތައުބާވާން ވީއެކޭ،  

އެކަމަކު އޭނާ އިށީނދެލައިގެން، އޭނާ ވިސްނާލައިގެން، މިހެން ހަދަން ފެށީމާ އޭނާއަށް އެގޭނީ އޭނާ ތައުބާވާން ޖެހޭކަން! އޭނާ އެބަ އިޞްލާޙް ކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރިކަން! އަޅުގަނޑުމެން ކޮންމެ މީހަކީވެސް އިޞްލާޙް ކުރަންޖެހޭ ކަންކަން ހުންނަ މީހެއް! އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ ތިމަންނާ މިހާދުވަސްވީއޭ ނަމާދު ކުރާތާ ތިމަންނާ މިހާދުވަސްވީއޭ މިވެނި ކަމެއް ކުރާތާ ތިމަންނަޔަކަށް އެއްވެސްކަހަލަ ގެއްލުމެއްނުވާނޭ ތިމަންނަ މިހެންނޭ! 

ނޫން! ކޮންމެ މީހަކީވެސް އައިބުތަކެއް ހުރި އުނިކަންތައްތަކެއް ހުރިމީހެއް، ނަބިއްޔާ ﷺ އެހެންވެގެން ޙަދީޘް ކުރައްވާފަ ވަނީ "كُلٌّ بَنِى آدَمَ خَطَّاء  " ކޮންމެ އާދަމުގެ ދަރިޔަކީ ކުށްކުރެވޭ މީހެކެވެ. " وَخَيْرُ الخَطَّائِيْنَ التَّوَّابُون"  އެމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ ތައުބާވާ މީހާއޭ.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން