ގޭސް ލީކުވުމުގެ ހާދިސާއެއްގައި 51 އަހަރުގެ އަންހެނަކު މަރުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ގޭސް ލީކުވުމުގެ ހާދިސާއެއްގައި 51 އަހަރުގެ އަންހެނަކު މަރުވެއްޖެ!

މާލެ، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ގޭސް ލީކުވުމުގެ ސަބަބުން ހިނގި ހިތާމަވެރި ހާދިސާއެއްގައި 51 އަހަރުގެ ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ދެ މީހަކު ހާލުދެރަވެފައި ތިބިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ކަމަށެވެ. ހާދިސާ ހިނގާފައިވަނީ ސުކޫޕް ގޯޅީގައި ހުންނަ ގެއެއްގައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީޤު (51އ) ކަމަށެވެ. ހާލުދެރަވި ދެ މީހުންގެ ތެރެއިން، އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ޒާހިދާ، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ޔަޤީންކޮށްދީފައެވެ.

ހާދިސާގައި ހާލުދެރަވި 19 އަހަރުގެ އަންހެނަކު ވެސް ފަރުވާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ފަރާތަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާ ގުޅޭ ފަރާތްތަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން